ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯގެ އެމްޑީއަކަށް ކުރީގެ ޑީއެމްޑީ، ސިރާޖު އައްޔަނުކޮށްފި

ވެމްކޯގެ އެމްޑީ ޔޫސުފް ސިރާޖު: ފޮޓޯ/ އެންވައިރަމެންޓް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު އައްޔަނުކޮށްފިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިރާޖު ހަމައްޖެއްސީ، އެ މަގާމުގައި ހުރި އާދަމް މުހައްމަދު މޯލްޑިވްސް ޕޯސްޓަށް ބަދަލުކުރިތާ ފަސް މަސް ދުވަސް ވޭތުވެދިއުމަށްފަހުއެވެ. އާދަމް އެ މަގާމުން ވަކިކުރި ދުވަހުން ފެށިގެން ކުންފުނި ހިންގުމުގައި އެންމެ އިސްކޮށް އުޅުނީ ސިރާޖެވެ.

ޔޫސުފް ސިރާޖް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު 2019 ގައި އެވެ. އެނާއަކީ، މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ހއ އަތޮޅުގެ އަތޮޅު ކައުންސިލަރު ކަމާއި ރައީސް ކަންވެސް ކުރައްވާފައިވާ ސިރާޖު، ވެމްކޯގެ ބޯޑަށް އައްޔަނު ކުރެއްވީ ރައީސް ސާލިހުގެ ސަރުކާރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: