ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދެނީ ރައީސް ޔާމީން ގެނެސްދިން ތަރައްގީ: މުހައްމަދު ނަޝީދު އަބްދުﷲ

މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުން އެދެމުންދަނީ، ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެނެސްދެއްވާފައިވާ ތަރައްގީތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން، ޖަލަށް ލީ ނަމަވެސް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެކަމަށް ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެފައިވާކަމަށް އިޝާރާތްކުރައްވާ، މުހައްމަދު ނަޝީދުވަނީ، ރައީސް ޔާމީން ޖަލަށްލުމަށް ނިންމާފައިވަނީތޯ، އިމްރާނާއި ސުވާލުކުރައްވާފައެވެ.

މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ އާރަށުގެ މައްސަލައިގައި އަދި ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ. އަދި ކޯޓުގެ ހުކުމެއް ނެތްކަމަށްވީނަމަވެސް، ރައީސް ޔާމީން ޖަލަށްލުމަށް ނިންމީތޯ އެނާވަނީ އިމްރާނާއި ސުވާލު ކުރައްވާފައެވެ.

އެނާ ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލައި، ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގުވައްޓާލުމަށް މަސައްކަތްތައް ކުރިނަމަވެސް އެކަން އެއީ ކާމިޔާބު ކުރެވެން ނެތް ކަމެއް ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ހައިސިއްޔަތުން ބައިވެރިވެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން އެނާ ވިދާޅުވީ، ދިވެހި ރައްޔިތުން އެދެމުންދަނީ، އަދި ގޮވާލަމުންދަނީ ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްގީތަކަށް ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: