ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާ ތަހައްމަލު ކުރާނީ ވަކި ވަރަކަށް، އިންސާނުން ވީމަ ބަދަލު ހިފާނެ: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ ގޭންގުތަކުގެ ފަރާތުން ފުލުހުންނަށް ހަމަލާތެއް އަމާޒުވެފައިވާ ސަބަބުތައް ތަހުގީގު ކުރަންޖެހިފައިވާކަމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޯފް ޑިއުޓީ ފުލުހުންތަކަކަށް އަމާޒުވި ހަމަލާއާއި ގުޅުވައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު ނަޝީދު ވިދާޅުވީ، ފުލުހަކަށް އަނިޔާވި ނަމަވެސް އެ މީހަކީވެސް ކޮންމެވެސް އާއިލާއަކަށް ނިސްބަތްވާ ދިވެހި ރައްޔިތެއްކަމަށެވެ. އެހެން ކަމުން އެފަދަ ހަމަލާތައް އަމާޒުވާން ދިމާވާ ހިގީގީ ސަބަބު މިއަދު ހޯދަންޖެހިފައިވާކަމަށެވެ.

ނަޝީދު ވިދާޅުވީ، ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމުގެ ކުރިން ގޭންގުތައް ސިފަކުރަނީ ޒުވާނުންގެ ގޮތުގައިކަމަށެވެ. އެހެން ނަމަވެސް ވެރިކަން ލިބުމުން އެ ޒުވާނުންތައް ގޭންގުތައް ގޮތުގައި ލޭބަލް ކުރާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ޒާތީ މަގުސަދެއްގެ ދަށުން ފުލުހުންގެ މުއައްސަސާއިން އެތައް ބަޔަކަށް އަނިޔާކޮށްފައިވާކަމަށެވެ.

އެނާ ވިދާޅުވީ ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި މަގުމަތިން ބާރަށް ސައިކަލު ދުއްވާފައިދާ މީހާވެސް ޓެރަރިސްޓަކަށް ހަދާލާކަމަށެވެ. އަދި އެފަދަ ދައުވާތައް ކުރުމާއި ޒާތީވެގެން ގޮސް ހައްދުން ނެއްޓުމުނާއި އަނިޔާ ކުރުމުގެ ސަބަބުން އެކަމުގެ ހަސަދަވެރިކަން ޒުވާނުންގެ ހިތުގައިވެސް އޮނާނެކަމަށް އެނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ގޭންގުތައް ގޮތުގައި ލޭބަލްކޮށްފައިވާ ޒުވާނުންނަށްވެސް ފުލުހުންގެ އަނިޔާތައް ހިތު އަޅައިގެން ތިބެވޭނީ ވަކި ހިސާބަކަށް ކަމަށެވެ. އަދި ހައްދުން ނެއްޓުމުން އެކަމުގެ ބަދަލު ނުހިފާނެކަމަށް ފުލުހުން ދެކިގެން ނުވާނެކަމަށެވެ.

މާފަންނު ވިލީއަށް ބަޔަކު މީހުން ވަތް މައްސަލައަށް އަލި އަޅުވައި ނަޝީދު ވިދާލުވީ، އެ ތަނަށް މީހުން ވަންނަން ޖެހުނު ސަބަބުވެސް ވިސްނާލަންޖެހޭކަމަށެވެ.

ނަޝީދު ވިދާޅުވީ، ފުލުހުން ހައްޔަރު ކުރީ ސައި ހޮޓަލަކުން ނުކުތް ކުއްޖެއްކަމަށެވެ. އަދި އަނިޔާތަކާއި ގުޅިގެން އައިޖީއެމްއެޗްގައި ބާއްވަންޖެހުނުކަމަށާއި އައިސީޔޫއަށް ވައްދާ ހިސާބަށް ހާލަތު ގޯސްވިކަމަށްވެސް އެނާ އިޝާރާތްކުރެއްވިއެވެ.

އާއިލާތަކުގެ މީހުން ޖަޒުބާތުގައި ޖެހޭނެކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި، ފުލުހުން ޖަޒުބާތުގައި ޖެހޭ ގޮތަށް އާންމު ރައްޔިތުންވެސް ޖަޒުބާތުގައި ޖެހޭނެކަމަށެވެ. އަދި އަނިޔާކުރާނަމަ ކުރަންވާނީ އެކަން ދަނެގެންކަމަށާއި މުޒާހަރާތަކުގެ ތެރެއިންވެސް ފުލުހުންގެ ފަރާތުން އެތަކެއް ނޭދެވޭ އަމަލުތަކެއް ފެނިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އަނިޔާ ތަހައްމަލު ކުރެވޭނީ ވަކި ވަރަކަށް ކަމަށެވެ. އަދި އިންސާނެއް ވެއްޖެއްޔާ އެކަމުގެ ބަދަލު ހިފާތަން ފެނިގެންދާނެކަމަށެވެ. އަދި ފުލުހުން ޒުވާނުނާއިމެދު އަމަލު ކުރަނީ “ބުލީ” ކުރާ ގޮތަކަށް ކަމަށްވެސް އެނާ އިޝާރާތްކުރެއްވިއެވެ.

ބައެއް މީހުންގެ ފޮޓޯތައް ޝާއިއު ނުކުރާކަމަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ، ފުލުހުން ބޭނުންވުމުން ކިތަންމެ ކުޑަ މައްސަލައެއްގައިވެސް އެ މީހެއްގެ ފޮޓޯ އާންމު ކުރާކަމަށެވެ. ބޭނުންވުމުން ބޮޑެތި ކުށްވެރިންނަށްވެސް ހަދާކަމަށް އެނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ނުރައްކާތެރި ކުށްވެރިންކަމަށް ބުނެ ޝަރުއީ ކޯޓަކުން ކުށް ސާބިތުވެފައިނުވާ މީހުންގެ ފޮޓޯވެސް އާންމު ކުރާކަމަށެވެ. އަދި މައްސަލައެއް ސާބިތު ނުވި ނަމަވެސް ފޮޓޯ އާންމުކޮށް ހައްޔަރު ކުރުމުގެ ސަބަބުން އެ މީހުންގެ ހަޔާތް ބަރުބާދުވެ ވަޒީފާ ހޯދުންފަދަ ކަންކަމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
77%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަމަ ހޭގަ ހުރެގެން ވާހަކަ ދައްކާ މީހެއް ނޫން. ވެދާނެ ތިމާ ގުޅުންއޮއްނަ ގޭންގް ތަކުގެ ބްލެސިން ހޯދަން ކަމަށްވެސް.
    ހަމަ ނުޖެހުން ހިންގަން ހިތްވަރުދީ މާރާމާރީއަށް ހިއްވަރުދިނުމަކީވެސް ގާނޫނީގޮތުން ބޮޑު ކުށެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: