ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ބޭނުންނުވާ އިސްލާހެއް މަޖިލީހަށް!

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެއްގަމު ދަތުރު ފަތުރަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައަޅުއްވައި ދެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

ބިލު ހުށައަޅުއްވައި ދެއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރާއިރު ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު، ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް މިހާރު އޮތުމުން، އެކަމުގެ ސަބަބުން އެކަމުގެ ނާޖައިޒު ފައިދާ ނަގާ ބޮޑެތި އަދަދު ތަކުން ގަރާޖު ފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުން ގެންދާތީ އާއި އަދި ގަރާޖުގައި އޮންނަ ޖާގައަށްވުރެ ގިނަ އުޅަނދުފަހަރު ގަރާޖުގައި ރަޖިސްޓަރ ކުރުން ފަދަ އަމަލު ބައެއް ފަރާތްތަކުން ހިންގަމުންދެއެވެ.
އެހެން ކަމުން އެފަދަ ކަންކަން ރަނގަޅުކޮށް މޮނިޓަރ ކުރެވޭ ތަން ނުފެންނާތީ އެފަދަ ކަންކަމަށް ހުއްޓުމެއް ގެނައުމަށާއި އެކަމުގެ ސަބަބުން ވެހިކަލް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޮޑު ތަކްލީފަކަށްވެ އެކަމުން ސަރުކާރު ހާސިލްކުރަން ބޭނުންވާ މަގްސަދު ހާސިލް ނުވެ އެތަކެއް ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އެކުލެވޭ މައްސަލަ އަކަށް އެކަން ވާތީ ގާނޫނުގެ ދަށުން އެއްގަމުގައިި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމްނުވާ ގޮތަށް ގާނޫނުގައި ހިމެނުމަށް އެއްގަމު ދަތުރުފަތުރާ ގުޅޭ ގާނޫނަށް އިސްލާހު ހުށައަޅާފައިވެއެވެ.

ވަރަށް ގަދަ
89%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: