ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ބޭނުންވެގެން އެއް މިލިއަން ޑޮލަރު ވިއްކިކަމަށް ޔޫސުފް ނައީމް ވިދާޅުވި: ޝާޑު

އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްގޫމް ބޭނުންފުޅުވެގެން އެއް މިލިއަން ޑޮލަރު ވިއްކާފައިވާނެކަމަށް ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމް ވިދާޅުވިކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު ހެކި ބަސް ދީފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

މައްސަލައިގެ ހެއްކާއި ބެހޭ މަރުހަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު، ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަދި އޭރު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތުގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އަދި ބުދަ ދުވަހު ދިފާއީ ހެކިންގެ ތެރެއިން ނަރީޝްގެ ހެކި ބަސް ނެގުމަށް ފަހު މިއަދު ތިން ހެއްކެއްގެ ހެކި ބަސް ނެގި އެވެ.

މައްސަލައިގައި ހިމެނޭ ޔޫސުފް ނައީމަށް ދިންކަމަށް ބުނާ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ދޫވެހިން އޭނާގެ ގެއަށް ގެންދިއުމުގައި ހަރަކާތްތެރި ވީ ނަރީޝާއި އަބްދުﷲ އެވެ. ނަރީޝްގެ ހެކި ބަހުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ގުޅުވައި ކަމަކަށް އެދުމުން އެގެއަށް ދިއުމުން އެދިވަޑައިގަތީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އަބްދުﷲ އާއި އެކު ޔޫސުފް ނައީމްގެ ގެއަށް ގެންގޮސް ދިނުމަށް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ހެކި ބަސް ނެގުމުގެ ބައިގައި އަބްދުﷲ ވިދާޅުވި ގޮތުގައި ނަރީޝާއި އެކު އޭނާ ގޮސް ޔޫސުފް ނައީމާއި ފައިސާ ހަވާލުކޮށްފައި ވާނެ އެވެ. އަދި އެއީ އެއް މިލިއަނަށް ވާ ދިވެހި ފައިސާކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ފަހު މިއަދު ހެކި ބަސް ނެގި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ރައީސް ޔާމީން އޭނާއަށް ގުޅުއްވައި ޑޮލަރުގެ ވިޔަފާރީގެ ކަމެއްގައި އެހީއަށް އެދުނު ކަމަށެވެ. އެހެންވެ އޭނާ ބައެއް ވިޔަފާރިވެރިންނަށް ގުޅައި، އެކަން ހަމަޖެއްސުމަށް ކުރި މަސައްކަތުގެ ތެރެއިން ޔޫސުފް ނައީމަށް ވެސް ގުޅިކަމަށް ވިދާޅުވި އެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން ޔޫސުފް ނައީމް ގުޅުމަށް ފަހު ބޭންކު ރޭޓުގައި ޑޮލަރު ވިއްކިދާނެކަމަށް ބުނިކަމަށް ވިދާޅުވި އެވެ. މުހައްމަދު އިސްމާއީލް ވިދާޅުވީ، ރައީސް ޔާމީން ގުޅުއްވި ވަގުތު އޭނާގެ އަރިހުގައި ޝާހިދު ވެސް ހުންނެވި ކަމަށެވެ.

ހެކި ބަސް ނެގުމުގެ މަރުހަލާގައި ޝާހިދު ވިދާޅުވީ، އެއް މިލިއަން ޑޮލަރު ވިއްކައި އެއަށް ފައިސާ ލިބުނުކަމަށް ޔޫސުފް ނައީމް އޭނާ ގާތު ވިދާޅުވި ކަމަށެވެ. ޝާހިދު ވިދާޅުވީ ފައިސާގެ ބައެއް ކަންކަމުގައި ރައީސް ޔާމީން މުހައްމަދު އިސްމާއީލަށް ގުޅުއްވާކަމަށެވެ. އަދި އެއް މިލިއަން ޑޮލަރު ބޭނުންވާތީ، އެކަން ހަމަޖެއްސުމަށް ގުޅުއްވި ވަގުތު އޭނާ ވެސް ހުރީ މުހައްމަދު އިސްމާއީލާއި އެކުކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ގުޅުއްވީ ރައީސް ޔާމީންކަމާއި، އެއް މިލިއަން ޑޮލަރު ވިއްކާނެ މީހެއް ހޯދުމަށް ރައީސް ޔާމީން ދެންނެވިކަމަށް މުހައްމަދު އިސްމާއީލް ފޯނު ކޯލަށް ފަހު ވިދާޅުވި ކަމަށެވެ. އޭގެ ފަހުން އޭނާއާއި ޔޫސުފް ނައީމާއި ދިމާވުމަށް ފަހު އެކަން ހަމަޖެއްސި ވާހަކަ ވިދާޅުވިކަމަށް ޝާހިދުގެ ހެކި ބަހުގައި ފާހަގަ ކުރެއްވި އެވެ. އަދި އެ ފައިސާ ހަމަޖެއްސީ ނަގުދުކޮށް ދިވެހި ފައިސާއިންކަމަށް ޔޫސުފް ނައީމް އޭނާ ގާތު ވިދާޅުވިކަަމަަށް ވެސް ހެކި ބަހުގައި ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ ދުވަހު މުހައްމަދު އިސްމާއީލް ފަސް ވަރަކަށް މީހުންނަށް ގުޅިކަމަށެވެ. ނަމަވެސް އެއްވެސް ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި އެކަން ހިނގި ސީދާ ތާރީހު ވެސް ސާފެއް ނޫންކަމަށް ޝާހިދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: