ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް މަދަނީ މިންގަނޑަކުން ކުރިޔަށް ނުގެންދެވޭނެ ސަބަބެއް އާޒިމާއަށް ނުދެއްކުނު!

ކްރިމިނަލް ކޯޓުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ އާޒިމާ ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގެ ތެރެއިން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑާރ ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތަށް، އެމަނިކުފާނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިޔަށް ގެންދެވޭނެކަމަށް ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނުނީ ސަބަބެއް އޭނާގެ ފަރާތުން ހުށަހަޅާފައި ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، އިތުރަށް ދައުވާ ކުރިޔަށް ނުގެންދެވޭނެކަމަށް އާޒިމާގެ ފަރާތުން ކޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ، ދައުވާތައް މަދަނީ މިންގަޑަކުން ކުރިޔަށް ގެންދެވޭނެކަމަށް ނިންމި ނިންމުން ބަދަކު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، އިތުރަށް ދައުވާ ކުރިޔަށް ނުގެންދެވޭނެކަމަށް އާޒިމާގެ ފަރާތުން ކޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ. މައްސަލަ ކުރިޔަށް ނުގެންދެވޭނެކަން ފާހަގަކޮށް އާޒިމާ ހައިކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ވެސް ނިމުނީ އޭނާއާއި ދެކޮޅަށެވެ. ގިނަ ނުކުތާތަކެއް ފާހަގަކޮށް ހުށަހެޅި މައްސަލައިގައި އާޒިމާ ވިދާޅުވީ، އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ރައީސް ޔާމީނާއި ގުޅުވައި ކުރާ ދައުވާއަކަށްވާއިރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މި ދައުވާތައް ކުރިޔަށް ގެންދަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވި އެވެ.

ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގައި އެ ކޯޓުން ނިންމީ މަދަނީ މިންގަނޑުން މައްސަލަ ކުރިޔަށް ގެންދެވޭތޯ ބަލާއިރު ދައުލަތުން ހުށަހެޅި ހެކިތަކުގެ އެންމެ ފުނަށް ދާން ނުޖެހޭ ކަމަށެވެ. އެހެން ކަމުން މިހާރު ހުށަހަޅާފައިވާ ހެކިތަކުން ޝަރީއަތް ކުރިޔަށް ގެންދެވޭނެކެމަށް ހައިކޯޓުން ނިންމި އެވެ. އަދި ދައުވާ ކުރިޔަށް ގެންދެވޭނެކަމަށް ދަށު ކޯޓު ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކުރި އެވެ. ސުޕްރީމް ކޯޓުގައި އާޒިމާ އިސްތިއުނާފު ކުރި މައްސަލައިގައި ބުނީ، ކުށް ފެށޭ ހިސާބުކަމަށް ބުނާ މީހާގެ މައްޗަށް އެ ކުށް ސާބިތު ނުވާ ހާލަތުގައި އެކަމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރާ މީހެއްގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެކަމަށް އެ ކޯޓުން ކުރިން ނިމްމާފައިވާ ކަމަށެވެ.

ދެ މަރުހަލާގައި ވެސް އާޒިމާ އާއި ދެކޮޅަށް މައްސަލަ ނިމުމުން، ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާ އަޑުއެހުންތަކަށް އާޒިމާ ދެން ހުށަހެޅުއްވީ އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް މަދަނީ މިންގަނޑަކުން ކުރިޔަށް ގެންދެވޭނެކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށެވެ. އާޒިމާގެ އެ ހުށަހެޅުމާއި ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް، މެދުކަނޑާލުމަށް ފަހު އަލުން ޝަރީއަތް ފައްޓަވާ ދެއްވައި ގާޒީ ވިދާޅީ އެ ނިންމުން މުރާޖައާ ކުރަން ޖެހޭކަމާއި، އަދި ކޯޓުގެ ނިންމުން ބަދަލު ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް އާޒިމާއަށް ނުދެއްކޭކަމަށެވެ.

މިއީ މަދަނީ މިންގަނޑަކުން ބެލެވެން ނެތް ދައުވާތަކެއްގެ ގޮތުގައި ފާހަގަކޮށް އާޒިމާ ވެސް ވިދާޅުވީ، ރާއްޖޭގެ އެންމެ މަތީ ކޯޓުން ވެސް ނެރުނު ހުކުމުން މަނީ ލޯންޑްރިންގެ ދައުވާގައި ފުރިހަމަ ވާންޖެހޭ ހުރިހާ ނުކުތާތަކެއް ފުރިހަމަ ނުވާކަން އެނގޭ ކަމަށެވެ. އެ ހުކުމާއި އެކު، އޭނާގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާ ނުއުފުލޭނެކަމަށް އާޒިމާ ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: