ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާރި ދިނީ އަޅުގަނޑު، ކޮންމެ ރައީސަކުވެސް ޖިޒީ ދައްކަނީ ގާސިމަށް: ޖާބިރު

ރައީސް ނަޝީދާއި، ރައިސް ސާލިހު އަދި ގާސިމް އިބްރާހީމްގެ އިތުރުން އަބްދުﷲ ޖާބިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ލާރި ދިނީ އޭނާކަމަށާއި ނަމަވެސް ކޮންމެ ރައީސަކުވެސް ޖިޒީ ދައްކަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްކަމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ގާސިމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މިއަދު މީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް ވަރަށް ހިތާމަވެރި ދުވަހެއްކަމަށާއި އަދި ސަބަބަކީ މި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓްނަރު ގާސިމް އިބްރާހީމް މަސްވެރިކަމުގެ ސިނާޔަތުގައި ސަރުކާރު ފެއިލްވެއްޖެކަމަށް ވިދާޅުވުންކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ. ގާސިމް ވަނީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުކުރާކަމަށް ވިދާޅުވެފައިކަމަށް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ ރައީސް ސާލިހުގެ ކޯލިޝަން ގުޑައިފިކަމަށެވެ.

ޖާބިރު ފާހަގަކުރެއްވީ ގާސިމްގެ ކުންފުނި ވިލާއަށް މަސްވެރިކަމުގެ ސިނާއަތް އޮތީ ދިފައިކަމަށާއި އެހެންކަމުން އުފެދޭ ސުވާލަކީ މަސްވެރިކަމުގެ ސިނާޔަތް މިއަދު މިއޮތް ހާލަތައް ނުވަތަ ގާސިމް އެ ފާހަގކުރެއްވި ހާލަތައް ދިޔައިީ ގާސިމާއި އެ ސިނާއަތް ހަވާލުކުރުމުންތޯކަމަށެވެ.

ނޫނިއްޔާ ކޫއްޑޫ އާއި މި ތަންތައް ސަރުކާރުގެ މުވައްޒަފުން ލައިގެން އޮވަލޯޑްކޯށް ގެންދިޔާމަތޯ އެ ސިނާއަތް ފުޑިގެން މިއުޅޭނީ މަސްވެރިންނަށް ލާރި ނުލިބި

ގާސިމް ހަރަދުކުރީ އޭނާއަތުން ހޯދި ފައިސާކަމަށާއި އަތުން ބައި ލާރިވެސް އެއްވެސް ކަމަކު ބޭނުންކޮށްފައި ނެތްކަމަށް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ ނަމަވެސް މިލްކްވެރިކަން ނަގަނީ ގާސިމްކަމަށެވެ.

ގާސިމް ޖަލުގައި، ގާސިމް ދަރިން ޖަލުގަ، އަޅުގަނޑު ލާރި ދީގެން  އޭރުގަ އޮތް ސަރުކާރު ބަދަލުކުރަން އެބޭފުޅުން ނިކުތީމާ ވަރަށް ހައިރާންވޭ

ގާސިމަށް ފައިސާ ދިނީ އޭނާކަމަށާއި އެ ފައިސާ ގާސިމަށް ހޯދައިދޭން ހުދު ރައީސް ސާލިހު އޭނާއަށް ގުޅިކަމަށް ޖާބިރު ވިދާޅުވިއެވެ. ލާރި ދިނީ އޭނާކަމުގައިވީއިރު، ކޮންމެ ވެރިއަކުވެސް ގާސިމަށް ޖިޒީ ދައްކަވާތީ އެކަމާއިމެދު ސުވާލުއުފެދޭކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ހުރިހާ ދިމާލަކުން ގާސިމް މިލްކްވެރިކަން ހޯދިއިރު، އަދިވެސް ގާސިމާއި ނުލާ ސަރުކާރު ނުހިގާކަމަށް ރައީސް ސާލިހު ގަބޫލުކުރައްވަނީނަމަ، އެމަނިކުފާނުގެ ހިސާބު ޖެހުމުގައި މައްސަލައެއް އެބައުޅޭކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވުމުގެ ސަބަބެއްކަމަށް ޖާބިރު ފާހަގަކުރެއްވީ ގާސިމް އަދި މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަނެއް ޕާޓީ އެމްއާރުއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އާއިއެކު ކޯލިޝަން ހަދައިގެން ދެން އެއްވެސް ޕާޓީއަކަށް ވެރިކަމަށް ނާދެވުމާއި އެބޭބޭފުޅުން ފެއިލްވެއްޖެކަމަށް އޭނާ ގަބޫލުކުރުމެވެ.

ދައުލަތުގެ ވިޔަފާރިތައް ގާސިމް ބޭނުންވާ ގޮތައް އޭނާގެ މީހުން ލައިގެން ހިންގާނަމަ މިނިވަން ޑިމޮކްރެޓިކް ގައުމެއްގައި ވިޔަފާރިތައް ހިނގާގޮތަށް ކަންތައްތައް ހިގާނީ ކިހިނެއްކަމާއިމެދު ސުވާލުއުފައްދަވާ، ޖާބިރު ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރުމގައި އާއި ބަދަލު ދިނުމުގައިވެސް ތަފާތުކޮށްފިކަމަށެވެ.

އޭނާ އެ މޭރުމުން ވާހަކަދެއްކުމުގެ ސަބަބެއްކަމުގައި ޖާބިރު ފާހަގަކުރެއްވީ ރާއްޖޭގެ ރައްޔިތުންނަށް ހާއިނުން ސާފުކޮށްދިނުމެވެ.

ޖާބިރުގެ ވާހަކަގައި ދެން އިޝާރާތް ކުރެއްވީ ގާސިމްގެ އަބިކަބަލުން އައިޝަތު ނަހުލާގެ ބަލަދުވެރި ވުޒާރާ، ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫއު ޓްރާންސްޕޯޓް ނެޓްވޯކްއަށެވެ.

ދުވާލަކު އެއްފަހަރު ޕްލޭން ބަދަލުކުރުން، އެއީ ޓްރާންސްޕޯޓް ނެޓްވޯކްއަށް ބެއްޔަސް، ޕާކިން ޒޯންތަކައް ބެއްޔަސް، އެއްވެސް ކަަހަލަ ޕްލޭނެއް ނެތް

ޓްރާންސްޕޯތް ނެޓްވޯކް އޮތީ ރާއްޖެފަދަ ތަހުޒީބުވާންޖެހޭ ގައުމެއްގައި އޮންނަން ޖެހޭ ގޮތަކައް ނޫންކަމަށާއި އެއްވެސް ކަހަަލަ ޕްލޭނެއް ނެތްކަމަށް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ ކޮންމެ ކަމެއްވެސް ކުރަނީ އިންތިހާބާއި ދިމާކޮށް ކުރު ގަޅުވާފައިކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: