ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ ނަޝީދު ވިދާޅުވީ އިންޑިއާ ޖާސޫސުންގެ ބަޔަކު އެއާޕޯޓުން އަތުލައިނުގަންނަކަމަށް!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާޕޯޓު ތެރޭގައި އިންޑިއާގެ ބަޔަކު ޖާސޫސުކުރަން ނުވަތަ ހަތިޔާރާއިއެކު ހަރަކާތްތެރިވީކަމުގެ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް އިދިކޮޅު ޕީޕީއެމްގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ދެ މީހުންގެ ތަހުގީގު ދެ ފުށް ފެންނަ ގޮތެއްގައި ހިންގުމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށްކުއްލި މައްސަލަ އެއްވެސް ހުށައަޅާފައެވެ.

ނަމަވެސް ސުޕަ މެޖޯރިޓީގެ އެމްޑީޕީ މެންބަރުން ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ.

މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ، ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިންޑިއާގެ ބަޔަކު ހަތިޔާރާއިއެކު ގައުމުގެ މައި ދޮރޯށި އެއާޕޯޓުން ވަދެގެން އައުމުން ފުލުހުން އަތުލި ނަމަވެސް އިންޑިއާގެ އޮފިޝަލަކު ދިވެހި ފުލުހުންނާއި ބައްދަލުކޮށް އެދުމުން މިަކމުގެ މައުލޫމާތުތައް ދިވެހި ރައްޔިތުންނަށް ސިއްރުކޮށްފައިވާކަމަށެވެ.

ޝިިޔާމް ސުވާލުއުފެއްދެވީ މިފަދަ ކަންތައްތަކައް ސަރުކާރަށް އެޑްރެސް ނުކުރެވެނީނަމަ، އެބޭފުޅުންނަށް ރައްޔިތުންނަށް ސެކުއާ ކޮށްދެވޭނީ ކޮން މުސްތަގުބަލެއްކަމާއިމެދުއެވެ.

އަޅުގަނޑުމެންނަކީ މިނިވަން ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ކިހިނެއްތޯ ވާހަކަދައްކާނީ

ޝިޔާމް ވިދާޅުުވީ އެއާޕޯޓުން އަތުލައިގަތް މީޙުންނަކީ ސްރީ ލަންކާގެ ފްލައިޓަކަށް ބޯޑުކޮށްދޭންތިބި ބަޔަކުކަމަށެވެ.

އެމީހުން އަތުލައިގަތީ ހަތިޔާރާއިއެކުަކމަށް ތަކުރާރުކުރައްވާ މެންބަރު ވާހަކަދެއްކެވުމުން، ރިޔާސަތުގައި އިންނަވާ އެމަނިކުފާނުވެސް ކަން ހިގައިދިޔަ ބެލިންކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެއާޕޯޓުން އެއްވެސް މީހަކު ހަތިިޔާރާއިއެކު އަތުލައިގަނެވިފައިވާކަމަށް ފާހގަކުރެވިފައި ނެތްކަމަށާއި އަދި މެންބަރު ފާހަގަކުރެއްވި ބާވަތުގެ އެއްވެސްކަމެއް ހިގާފައި ނުވާކަމަށެވެ.

އަޅުގަނޑު މި މައްސަލއާއި ގުޅިގެން ސާފު ކުރީމު. ތިބާވަތުގެ އެއްވެސް ކަމެއް ވެފައި އޮތްކަމަކައް ފާހަގަކުރެވެފަކާއެއް ނެތް

ރައީސް ނަޝީދު ޝިޔާމު ގާތު އެދިލެއްވީ ކަންކަން ހިގާފައި ހުރިކަމަށް ވިދާޅުވާއިރު އެކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށެވެ.

ރައީސް ނަޝީދަށް ރައްދުދެއްވާ ޝިޔާމް ވިދާޅުވީ އެމަނިކުފާނުގެވެސް ރާގު އެހުންނެވީ މިކަންތައް އޮއްބާލަން ބޭނުންވާ ސަރުކާރުގެ ރާގު ހުރި ގޮތައްކަމަށާއި އަދި އިންޑިއާގެ ރާގާއިވެސް ރައީސް ނަޝީދުގެ ރާގުއެއްގޮތްކަމަށެވެ. އެއާއިއެކު ބަހުސްކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން މެންބަރުގެ މައިކުވަނީ މަޖިލީހުގެ އިދާރާއިން ކަނޑާލައްވާފައެވެ.

ރައީސް ނަޝީދު މިކަންތައް ދޮގުކުރެއްވި ނަމަވެސް މި މަހުގެ 29 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅެނިކޮށް އަތުލައިގަނެފައިޥާ އިންޑިއާ ބައެއްގެ މައްޗައް 10 ދުވަހުގެ ބަންދެއް ޖަހަފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވީ ވެރިއަކު ނެތި ދޫކޮށްލާފައިވާ ލަގޭޖެއް ހުރި ކަމަށް ރިޕޯޓްކުރުމާއި ގުޅިގެންނެވެ. ފުލުހުން ބަލައި ފާސްކުރިއިރު އެ ލަގެޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އިންކަން އެނގުމާ އެކު ލަގެޖް ބެހެއްޓީ ކާކުކަން ބެލުމަށް ފަހު، އިތުރު ބައެއްކަންކަން ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާތީ އެކަމާ ގުޅޭ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިއަދު “ސަންގު ޓީވީ” އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅި ނަމަވެސް ފޯނަކަށް ޖަވާބެއްނުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: