ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސް، މުދާތަކަށް ގެއްލުން ނުވާހެން ތައްޔާރުވާންޖެހޭ: އެންޑީއެމްއޭ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން، އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންތަކެއް ލިބިދާނެތީ ރައްކައުތެރިވުމަށް ނެޝަނަލް ޑިސާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު އިތުރާއި މެދު ރާއްޖޭގައި ވައި ގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓު އޮފީހުން ލަފާކޮށްފައި ވާތީ، އެންޑީއެމްއޭއިން ބަޔާނެއް އާއްމުކޮށް ބުނީ، މުދަލާއި ގެދޮރަށް ގެއްލުންތަކެއް ލިބިދާނެކަމަށް ބަލައި ރައްޔިތުން ކުރިއާލައި ތައްޔާރުވުން މުހިންމު ކަމަށެވެ.

އެންޑީއެމްއޭއިން ވަނީ ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވާނެކަމަށް ބަލައި ތައްޔާރުވުމަށް ގޭގެއަށް ފެން ވަދެ މުދަލަށް ގެއްލުން ނުވާނެ ގޮތަކަށް އިންތިޒާމުކޮށް، ފުރާޅު އެއްލާލަފާނެކަމަށް ބެލެވޭ ގޭގޭގައި ވައު ފަށް ފަދަ ތަކެތި ބޭނުންކޮށް އެއްލާ ނުލާނެ ގޮތަކަށް ހައްޔަރު ކޮށް، ކަރަނޓު ބޭނުންކުރާ ތަކެތި ނިއްވާލައި ކަނޑުދަތުރުގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމަށްފަހު ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސްކޮފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: