ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާކީ ނުވެ، ކޮންމެ މީހަކަށް ވެސް ޓެކްނޮލޮޖީގެ ހިދުމަތް ލިބެންޖެހޭ: ޝައުނާ

އުރީދޫގެ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ފަހުގެ ޓެކްނޮލިޖީތައް ބޭނުންކޮށްގެން ހިދުމަތްތައް ދިނުމަށް ސަމާލުކަން ދީ، އެ ވިސްނުން ފުޅާކުރާއިރު އޭގެ ސަބަބުން އެއްވެސް ހިދުމަތެއް ހޯދުމުގައި އެއްވެސް މީހަކު ބާކީވެގެން ނުވާނެކަން ޔަގީން ކުރުން ވެސް މުހިންމުކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދައިފައިވާ ޑިޖިޓަލް ކެއާ އެސިސްޓެންޓް “އެވީ” އަޕްގްރޭޑްކޮށް، ކަސްޓަމަރުންނަށް ދިވެހި ބަހުން ޑިޖިޓަލް އެސިސްޓެންޓާއި މުއާމަލާތް ކުރެވޭނެ “އެވީ” އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ތައާރަފުކޮށްފައެވެ. އަދި އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މުޅިން އާ ދިވެހި ފޮންޓް ވެސް ރަސްމީކޮށް މިއަދު ތައާރަފުކޮށްފައި ވެއެވެ.

މެންހަޓަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތް ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހި ބަހުން މިފަދަ ހިދުމަތެއް ތައާރަފު ކުރުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހިދުމަތްތައް ދިނުމުގައި އާއި، ހިދުމަތްތައް ލިބިގަތުމުގައި ޓެކްނޮލޮޖީ މިއަދުގެ ޒަމާނުގައި ކޮންމެހެން ވެސް ބޭނުން ޖެހިފައިވާކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ ތަރައްގީގެ މިސްރާބަކީ އެއީ ކަމަށެވެ. ހާއްސަކޮށް ހިދުމަތްތައް ފުޅާ ކުރުމަށް އިދާރާތްތަކާއި، ކުންފުނިތަކުން ތަފާތު އެކި މަސައްކަތްތަކެއް ކުރަމުން ގެންދާއިރު ދިވެހި ބަހަށް އިސްކަން ދީގެން މިފަދަ ހިދުމަތެއް އުރީދޫން ތައާރަފު ކުރުމަކީ ކުންފުންޏަށް ވެސް ލިބުނު ކުރިއެރުމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހިދުމަތްތަކެއް ދިނުމަށް މިއީ އެހެން އިދާރާތްތަކަށް ވެސް ލިބުނު ހިތްވަރެއްގެ ގޮތުގައި ދެކޭކަމަށް ޝައުނާ ވިދާޅުވި އެވެ.

ހިދުމަތްތައް ތައާރަފުކޮށް، ޒަމާނާއި އެއްގޮތަށް ހިދުމަތްތައް ދިނުމަށް ކެނޑިނޭޅި ކުރަމުން ދާ މަސައްކަތުގައި ޓެކްނޮލޮޖީއަށް ދޭ ސަމާލުކަމެއްގެ ސަބަބުން މުޖްތަމައުގައި ބަޔަކު ބާކީވޭތޯ ސުވާލު ކުރުން މުހިންމުކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ ދިރިއުޅުމުގެ އެއްވެސް ހިދުމަތަކުން ބަޔަކު އެއްކިބާވެ މަހުރޫމްވެގެން ނުވާނެ ކަމަށެވެ. ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގެންނަ ހިދުމަތްތަކަށް ފުރުސަތު އޮންނަނީ މަދު ބަޔަކަށް ނަމަވެސް، އާއްމު މީހާ ކުރާ ސުވާލަކަށް އޭގެ ޖަވާބު ދިވެހި ބަހުން ފަސޭހައިން ލިބުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ދިވެހި ބަހުން މުއާމަލާތް ކުރާނެ މިފަދަ ވާޗުއަލް އެސިސްޓެންޓުތައް ތައާރަފު ކުރުމަކީ ގިނަ ބަޔަކަށް އޭގެ ސަބަބުން ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

އުރީދޫން މިއަދު އަލަށް ތައާރަފު ކުރި ވާޗުއަލް އެސިސްޓެންޓް “އެވީ” މެދުވެރިކޮށް ކަސްޓަމާރ ކެއާ ހޮޓްލައިން 929 ނަންބަރަށް ގުޅުމުގެ ބަދަލުގައި ޑޭޓާ، ކޯލް ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރު ބަލައިލެވޭނެއެވެ. އަދި ބިލުތަކާއި އެހެން މައުލޫމާތުތައް ފަސޭހައިން ހޯދޭނެ އެވެ. އެވީ މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން 929 އަށް ގުޅައި، ދިވެހި ބަހުން ކުރިއަށްގެންދިއުމަށްފަހު އޮޕްޝަން 1 އިޚްތިޔާރު ކުރެއްވުމުން އެވީ މެދުވެރިކޮށް ޙިދުމަތް ހޯދާލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: