ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން 1.2 މިލިއަނަށް އަރައިިފި

ޓުއަރިޒަމް މިނިސްޓަރ އަބދުﷲ މައުސޫމް/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްަ ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އާއްމު ކުރި ތަފާސް ހިސާބުގައި ވާގޮތުން މިއަހަރުގެ މިހާތަނަށް 1،317،573 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާ އިން ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް އުޅެނީ 14.1 ޕަސެންޓްގައެވެ. އަދި ދެވަނަ އަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތަކީ 12.1 ޕަސެންޓް އެވެ.

މި އަހަރު އެވްރެޖްކޮށް ދުވާލަކަށް 4،250 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަށް ކުރާ ކަމަށް ޓޫރިޒަމް މިިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި އަހަރު މިހައިތަނަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާ ބަލާއިރު ވަނީ އިތުރުވެއެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު 2020 ވަނަ އަހަރު ރާއްޖެ އައީ 555،494 ފަތުރުވެރިންނެވެ. އަދި 2019 ވަނަ އަހަރު 1،702،887 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ 1.6 ފަތުރުވެރިން މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: