ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންތައްތައް ރަނގަޅުކުރަން ރިކޮމޮންޑޭޝަން ފޮނުވި ނަމަވެސް، މޮނީޓަރ ކުރެވިފައެއް ނެތް: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންތައްތައް ރަނގަޅުކުރަން ކުންފުނިތަކަށް ރިކޮމޮންޑޭޝަން ފޮނުވި ނަމަވެސް، މީގެ ކުރީގައި އެކަންކަން މޮނީޓަ ކުރެވިފައެއް ނެތްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި “އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022” ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ ވޭތުވެދިޔަ 7 ވަރަކަށް އަހަރު ތެރޭގައި އޭސީސީއަށް ކުންފުނިތަކާއި ގުޅިގެން 1467 ޝަކުވާއެއް ހުށައެޅިފައިވާކަމަށެވެ. މި މުއްދަތުގެ ތެރޭގައި އޭސީސީ އިން އެކި ގޮތްގޮތަށް މައްސަލަ ބަލައި ނިންމުމަށްފަހު 234 ރިކޮމެންޑޭޝާން އެއް ކުންފުނިތަކަށް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވިގޮތުގައި މިގޮތަށް އެތައް މައްސަލައެއް ހުށައެޅިގެންދާނީ އެތަންތާ ތިބޭ ކޮންމެވެސް އެއް ބަޔަކު، ތަނުގެ ތެރޭގައި ގޯސްކޮށްކަމެއް ހިގަމުންދާކަމަށް ގަބޫލުކުރާތީއެވެ.

މިކަންކަން ރަނގަޅުކުރެވޭނީ ކޮން ގޮތަކުންތޯ ވިސްނަންޖެހޭކަމަށް ފާހަގަކުރައްވާ ޝާމިލް ވިދާޅުވީ 2019 އިން ފެށިގެން 2023 އާއި ހަމައަށް ދައުލަތް ހިންގުމަށްޓަކައި ސަރުކާރުން އެކަށައަޅުއްވާފައި އޮތް ސްޓެރެޓްޖިކް އެކްޝަން ޕްލޭންގައި އެސްއޮއީތައް ހަރުދަނާކުރުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާފައިވާކަމަށެވެ. ގޫޑް ގަވާރނެންސް ހަރުދަނާކުރުމުގެ ބާބުގެ ދަށުން މިއީ ވަރަށް މުހިންމުކަމެއް ދެއްވާ މަސައްކަތްތެއްކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބެއްކަމުގައި އޭނާ ފާހަގަކުރީ ކުންފުނިތަކުގައި ހިނގާ ގޯސްކަންކަން މަދުކޮށް، ކުންފުނިތައް ނަޒާހަތްތެރިކަން އިތުރުކޮށް، ކުންފުނިތައް އުފެދުނު މަގްސަދަކަށް ވާސިލްވުމަށް މަސައްކަތްކުރުމެވެ.

ވޮޔަފާރީގައި ކުންފުނިތަކުން އެ ހިންގާ ކަންކަން އެއީ އެ ކުންފުނިތައް ހަމަ ހަގީގަތުގައިވެސް އުފެދުނު މަގްސަދަށް ވާސިލްވުމަށްޓަކައި އެޅޭ ހަރުދަނާ ފިޔަވަޅުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުންތަކެއް

ކުންފުނިތަކުގެ މައްސަލަތައް ނުވަތަ ކުންފުނިތަކުން ހަދާ ގޯސްތައް ރަނގަޅުކުރުމަށް ރިކޮމެންޑޭޝަން ކުންފުނިތަކަށްދިނުމަށްފަހު، ކޮމިޝަނުގެ ފަރާތުން ދެން ކުރީ ކީއްތޯ ސުވާލުއުފެއްދިދާނެކަމަށް އިޝާރާތްކުރައްވާ، ޝާމިލް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އެއަށްފަހުގައި އެކަން ބެލުމަށްޓަކައި ކުރެވިފައި އޮތް މާ ބޮޑު މަސައްކަތެއް ފެންނަން ނެތްކަމަށެވެ.

އެހެންކަމުން އެބޭފުޅުން މި މަސައްކަތާއި ހަވާލުވެ އެންމެ ފުރަތަމަވެސް ކުރެއްވިކަމަކީ މިކަންތައްތައް ހަރުދަނާކުރުމަށްޓަކައި އޭސީސީގައި މޮނިޓަރިން އިވެލުއޭޝަން ޑިޕާޓްޕެންޓެއް އުފެއްދީކަމަށާއި، މިހާރު މި ޑިޕާޓްމެންޓުގައި ވަކި މުވައްޒަފުން ތިއްބަވައިގެން އެ މަސައްކަތް ފަށައިފިކަމަށް ޝާމިލް ވިދާޅުވިއެވެ. މިއާއިއެކު ކުންފުނިތަކަށް ދިމާވާ ހިރާސްތައް ހައްލުކުރުމަށް ކުރިއެރުމެއް ލިބޭނެކަމަށް އުއްމީދުކުރައްވަންކަމަށް ޝާމިލް ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑު އުއްމީދު މިކުރަނީ ކުންފުނިތަކަށް ނަޒާހަތްތެރިކަމާއި، އަދި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ދިމާވާ ހިރާސް، ރިސްކް އަދި ގޮންޖެހުންތައް ބަލާއިރުގައި އެދިމާވާ ކަންކަން އިސްލާހުކޮށްދީ، އަޅުގަނޑުމެންނަށް އެކަންކަމަށް އެހީތެރިވެދެވޭނީ ކޮން ގޮތަކަށްތޯ ބަލައި، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެންގެ މުވައްޒަފުންގެ މަސައްކަތްތަކާއިއެކު ރަނގަޅެއްވެގެންދާނޭ

ކުންފުނިތައް އިންކޯޕަރޭޓްކުރުމާއި، ކުންފުނިތައް ޖަވާބުދާރީވުމުގައި ކުންފުނިތަކަށް ދިމާވާ ދަތިތައް ބަލައި، އެ ހައްލުކޮށް ގާނޫނީ އޮނިގަނޑުން ރަނގަޅުކުރަން ކުރާނެކަންކަން ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދިފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭނާ ބެލިބެލުމުން ކަންބޮޑުވުން ހުރީ ތިން ދާއިރާއެއްގައިކަމަށާއި، ފުރަތަމަ ކަންބޮޑުވުމަކީ މުވައްޒަފުން ވައްދާ ގޮތްކަމުގައިވާއިރު، ދެވަނަ ކަންބޮޑުވުމަކީ އެކިކަހަލަ މަސައްކަތާއި، ހިދުމަތް ކުންފުނިތަކަށް ހޯދުމުގެ ނިޒާމާއި މެދުގައިކަމަށެވެ. އަދި ތިންވަނަ ކަމަކަށް އޮތީ ސީއެސްއާރު ކަންތައްތައްކަމަށް ޝަމިލް ވިދާޅުވިއެވެ. މި ކަންބޮޑުވުންތަކުގެ ގުޅުން އެންމެ ބޮޑަށް އޮންނަނީ ހިންގުމުގެ ތެރެއަށްކަމަށްކަން ފާހަގަކުރައްވާ ޝާމިލް ވިދާޅުވީ މިކަންކަން ހައްލުވާނީ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ނިޒާމުގެ ދެ ފުށް ފެންނަކަން ޔަގީންކޮށްގެންކަމަށެވެ. އަދި މި ނިޒާމުގެ ޖަވާބުދާރީކުރުންވެސް ހަރުދަނާވާންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: