ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1.7 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން ހުޅުވާލައިފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 1.73 މިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން ވަނީ ހަތަރު ޓީ ބިލެއް ވިއްކަން އިއުލާން ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ޓީ ބިލް  ވިއްކުމަށް ހުޅުވާލީ 28 ދުވަހުން އަނބުރާ ދެއްކުމަށް 1.07 ބިލިއަން ރުފިޔާގެ ޓީބިލާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 297 މިލިއަން ރުފިޔާގެ ޓީ ބިލެވެ.

182 ދުވަހުން އަނބުރާ ދެއްކުމަށް 50 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކުމަށް ހުޅުވާލާފައިވާއިރު، 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 3316.6 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ފިނޭންސް މިނިސްޓްރީގެ އިއުލާން ގައި ވެއެވެ.

ޓީބިލް ސެޓްލްމަންޓް ދުވަހެއްގެ ގޮތުގައި މި މަހުގެ 7 ވަނަ ދުވަސް ވަނީ ކަނޑައަޅާފައެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާއި ދެމެދުގައެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ރާއްޖޭގައި ހުރި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. އަދި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: