ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫޢުތައް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅައިފިން: ފިނޭންސް

ފިނޭންސް މިނިސްޓްރީއިން ވޯލްޑް ބޭންކާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުން: ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތައް ހަރުދަނާ ގޮތެއްގެ މަތިން ހިންގުމަށް އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީއިން އެ މުއައްސަސާއާއި ހިއްސާކޮށްފިއެވެ.

ވޯލްޑް ބޭންކުގެ ޕޯޓްފޯލިއޯ ރިވިއު ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީއިން ވަނީ ޕްރޮކިއަމެންޓު މަސައްކަތްތަކުގެ އިތުރުން ފަންނީ މުއައްޒިފުން ހޯދުމުގައިވެސް ދަތިތައް ހުރިކަމަށް ފާހަގަކޮށްފައެވެ. އަދި އެ މައްސަލަތައް ހައްލުކޮށް، މަޝްރޫޢުތައް ހަރުދަނާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތައް ކަރުދާހެއްގައި އެކުލަވާލުމަށްފަހު، ވޯލްޑް ބޭންކް އާއި ހިއްސާކޮށްފައެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްރޫޢުތައް ހިންގަމުންދާ ފަރާތްތަކައްވެސް މައުލޫމާތު ހިއްސާކުރާނެއެވެ. އެގޮތުން، “ޕްރިންސިޕަލް އެޖެންޓު” މައްސަލައިގެ އިތުރުން “އިންފޮރމޭޝަން އެސިމެޓްރީ” ގެ މައްސަލަތަކާއި އެކަމުގެ ހައްލުތައް ހިއްސާ ކުރުން، ވަކި ވަކި މަޝްރޫޢުތައް ހިންގުމަށް އެކުލަވާލެވޭ މެނޭޖުމެންޓު ޔުނިޓުތަކުގެ މައުލޫމާތު ފަދަ ކަންކަމަށް އަލި އަޅުވާލެވޭނެކަމަށް ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، މި އަހަރުގެ ތެރޭގައި އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ކުރިއަށް ނުދާ މަޝްރޫއުތަށް ދެނެގަނެ، ޖެ މެނޭޖަރެއްވަނީ ޒިންމާތަކުން ދުރުކުރެވިފައެވެ. އަދި ފާއިތުވި އަހަރުގެ ތެރޭގައި ރެކްރޫޓުމެންޓު ހަރުދަނާ ކުރުމަށްވެސް މިނިސްޓްރީއިން މަސައްކަތްކޮށްފައިވާ ކަމަށާއި، ޕްރޮޖެކްޓު މެނޭޖު ކުރާ އުސޫލަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

ފިނޭންސް އިން ބުނެފައިވާގޮތުން، ދެ މަޝްރޫޢުއެއްގެ ކާމީޔާބީގެ ވާހަކަތައް ދެކެވޭއިރު، ދިމާވި މައްސަލަތަކުގެ ސަބަބުން، ބައެއް މަޝްރޫޢުތައް ނިންމުމަށް ކަނޑައެޅިފައިވާ ތާރީހު ދިގު ދައްމާލުމަށް އެދިފައިވާކަންވެސް ފާހަގަކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެކަންކަމަކީ ކޮވިޑްގެ ސަބަބުން ކުރިމަތިވި ދިތަތަށް ކަމަށާއި، މިއަހަރު ޕްރޮޖެކްޓުތައް ހަވާލު ކުރެވޭ އަދަދުތައްވެސް މައްޗަށް ގޮސްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީއިން ވަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން މަޝްރޫޢުތައް ކުރިއަށް ނުގެންގޮސްފިނަމަ، ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވާކަމަށާއި، މަޝްރޫޢުއަށް ކުރަމުންދާ ހަރަދުތައް އިތުރުވެގެންދާކަންވެސް ފާހަގަކޮށްފައެވެ. އަދި އެއީ ލުއި ގޮތަކަށް ނެގެން އޮތް މައްސަލަތަކެއް ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: