ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ހަރަދު: މިއަހަރުގެ މިހާތަނަށް 29 ބިލިޔަން ރުފިޔާ ހަރަދުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: އަވަަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން 29 ބިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސްއިން ދައްކާގޮތުން، ސަރުކާރުންވަނީ ރިކަރެންޓު ހަރަދުގޮތުގައި 21 ބިލިއަނަށްވުރެ އިތުރަށް ހަރަދުކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުންވަނީ ކެޕިޓަލް އެކްސްޕެންޑިޗާ ގޮތުގައި 7 ބިލިއަނަށްވުރެ އިތުރަށް ހަރަދުކޮށްފައިކަމަށްވާއިރު، ލޯނު އަނބުރާ ދެއްކުމުގެ ގޮތުގައި 2.5 ބިލިއަން ހޭދަވެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުންވަނީ އެސްޑީއެފްސީ ފަންޑަށް 653.5 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ. އެހެން ނަމަވެސް ފަނޑުގައި މިވަގުތު ބެލެންސް ގޮތުގައި 1.03 ބިލިއަން ހުރިއިރު، ފަންޑުގެ ޖުލަގޮތުގައި ހުންނަންޖެހެނީ 5.1 ބިލިއަނާއި ގާތް ކުރާ އަދަދެއްކަމަށް ފިނޭންސްއިން ވަނީ. ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: