ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖު އެޅުމަށް މި އަހަރު 595.9 މިލިއަން ހަރަދުކޮށްފި: ފިނޭންސް

މިނިސްޓަރު އަމީރު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު އެޅުމަށް މި އަހަރުގެ ތެރޭގައި 595.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުގައި ދައްކާގޮތުން އޮކްޓޯބަރު މަހުގެ 27ގެ ނިޔަލަށް ސަރުކާރުންވަނީ މި އަހަރުގެ ބަޖެޓުން ބޮޑު ބައެއް ބޭނުންކޮށްފައެވެ. އަދި ސަރުކާރުގެ ރިކަރެންޓު އެކްސްޕެންޑިޗާވަނީ 22.54 ބިލިއަން ރުފިޔާއަށް އަރައިގެން ގޮސްފައެވެ.

27 އޮކްޓޯބަރުގެ ނިޔަލަށް ސަރުކާރުން ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ ޖުމުލަކޮށް 8.2 ބިލިއަން ރުފިޔާކަމަށްވާއިރު 5.1 ބިލިއަނަށްވުރެ އިތުރު އަދަދެއް ހުންނަން ޖެހޭ އެސްޑީއެފް ފަންޑުގައި މިވަގުތު ހުރީ 1 ބިލިއަނާއި ގާތް ކުރާ އަދަދެކެވެ.

އަހަރުގެ މިހާ ހިސާބަށް ޕަބްލިކް ސެކްޓަރ އިންވެސްޓުމެންޓު ޕްރޮގްރާމްއަށް ހަރަދުކޮށްފައިވަނީ 6.2 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިހާ ހިސާބާއި އަޅާ ބަލާއިރު، ސަރުކާރަށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެގެންގޮސްފައެވެ. އެގޮތުން ދައުލަތުގެ ޖުމުލަ އާމްދަނީ ވަނީ 5.8 ބިލިއަނުން އިތުރުވެފައެވެ.

މިދިޔަ އަހަރުގެ މިހިސާބާއި އަޅާ ބަލާއިރު، ސަރުކާރުގެ ދަތުރު ހަރަދުތައްވަނީ ބޮޑުތަނުން އިތުރުވެފައެެވެ. އެގޮތުން މި ދިޔަ އަހަރު 129.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރު މި ހިސާބަށް ހޭދަކޮށްފައިވަނީ 185.8 މިލިއަނެވެ.

މީގެ އިތުރުން ސަރުކާރުން ޕީއެސްއައިޕީއަށް ޖުމުލަކޮށް ހަރަދުކޮށްފައިވަނީ 6.2 ބިލިއަނާއި ގާތް ކުރާ އަަދަދެއް ކަމަށްވާއިރު، އެންމެ ގިނަ ފައިސާ ހަރަދު ކުރެވިފައިވަނީ ފެނާއި ނަރުދަމާގެ ނިޒާމަށާއި ޓްރާންސްޕޯޓު ނިޒާމަށެވެ. ފެނާއި ނަރުދަމާގެ ނިޒާމަށް ހަރަދުކޮށްފައިވަނީ 1.3 ބިލިއަނާއި ގާތް ކުރާ އަދަދެކެވެ. އަދި ޓްރާންސްޕޯޓަށް 1.9 ބިލިއަނާއި ގާތް ކުރާ އަދަދެއް ހޭދަކޮށްފައިވާއިރު އެ ފައިސާގެ ތެރެއިން 595.9 މިލިއަން ހަރަދުކޮށްފައިވަނީ ގްރޭޓާރ މާލެ ކަނެކްޓިވިޓީ ބުރިޖަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 81%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކިތަންމެބައިވަރެއް ދައުލަތައް އާނމުދަނީގެގޮތުގަލިބުނަސް މިފެންނަނީ ދެކޮޅުނުޖެހިގެންދާތަން.ވައްކަމާއި ނިކަމެތިރައްޔިތުން ފެލުންނޫން އެހެންކަމެއް ނުކުރޭ.މިހާރު ތި ބުރިޖު ސީރީޒް ހެދުން ހުއްޓާލަންވެއްޖެނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: