ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަސް ބަޖެޓު ހުށަހަޅުއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން 3.3 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.

ހަތަރު ޓީބިލެއް ވިއްކަން އިއުލާނުކޮށްފައިވާއިރު، އޭގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކަމަށް 445 މިލިއަން ރުފިޔާގެ ޓީބިލާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 262.7 މިލިއަން ރުފިޔާގެ ޓީބިލެވެ. އަދި 182 ދުވަހުން އަނބުރާ ދެއްކުމަށް 970.8 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ހުޅުވާލާފައިވާއިރު 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 1.69 ބިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން އިއުލާނުކޮށްފައިވެއެވެ.

ޓީބިލްގެ ސެޓްލްމަންޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުގެ 21 ވަނަ ދުވަހެވެ. އެ ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގައެވެ.

މިމަހުގެ ހަތްވަނަ ދުވަހުވެސް ވަނީ ޓީބިލު ވިއްކާފައެވެ. އެގޮތުން 1.52 ބިލިއަން ރުފިޔާގެ ޓީބިލު މި މަހުގެ ތެރޭގައި ވިއްކާފައިވެއެވެ.

ސަރުކާރުން ވިއްކަން އިއުލާންކުރާ ގިނަ ޓީބިލުތައް އާންމުގޮތެއްގައި ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. ރާއްޖޭގެ ޕެންޝަން ފަންޑުން ޓީބިލަށް މިހާތަނަށް 13.5 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: