ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫސުފް ނައީމްގެ ވަކީލުންގެ ދިފާއު: އަދީބާއި ޒިޔަތު ހުކުމް ތަންފީޒު ކުރަނީ އާދަޔާހިލާފު ލުއިތަކާއި އެކު!

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބާރުދޭ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާކަމަށް ޔޫސުފު ނައީމުގެ ދިފާއީ ވަކީލު ވިދާޅުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއިން މަންފާ ނަންގަވައި، ނުފޫޒު ބޭނުން ކުރެއްވިކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދުގެ އަޑުއެހުމުގައި ކުރިޔަށް ގެންދިޔައީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ އެވެ.

ހެއްކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، އަދީބާއި ޒިޔަތުގެ މައްޗަށް މައްސަލައިގައި ހުކުމެއް އިއްވާފައިވާއިރު އެ ދެ މީހުންނަށް އާދަޔާ ހިލާފު ލުއިތަކެއް ލިބިފައިވާކަމަށެވެ. ކުށަށް އިއުތިރާފުވެފައި ވާތީ، ކުރު މުއްދަތެއްގެ ޖަލު ހުކުމެއް އައުމާއި އަދި އެ މީހުން ގޭ ބަންދުގައި ތިބެގެން ހުކުމް ތަންފީޒު ކުރަމުން ދަނީ މައްސަލައިގައި ރައީސް ޔާމީނާއި ދެކޮލަށް ބޭނުން ކުރުމަށްޓަކައިކަން ފާހަގަކޮށް ހަމްޒާ ވިދާޅުވީ އެ ދެ މީހުންގެ ވެސް ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށެވެ.

ހަމްޒާ ވަނީ، އަދީބާއި ޒިޔަތަކީ ފާސިގުންކަމުން އެ މީހުންގެ ހެކިބަސް ބަލައިނުގަނެވޭނެކަން ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަމުން ދާ ގާނޫނުތަކާއި، ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ ނިންމުން އަދި ބައެއް އެހެން ނިންމުންތަކާއި ބޭރުގެ ގައުމުތަކުގެ މިފަދަ މައްސަލަތަކުގެ ގަޒިއްޔާތަކެއް ހުށަހަޅުއްވާފަ އެވެ.

ހިޔާނާތްވިކަމަށް އިއުތިރާފުވެ، އަދީބާއި ޒިޔަތުގެ މައްޗަށް ހުކުމެއް އައި ނަމަވެސް މިހާތަނަށް ދައުލަތަށް މިލިއަނުން ގެއްލުނު ފައިސާ ހޯދުމަށް ކުރި މަސައްކަތާއި މެދު ސުވާލު އުފައްދައި ހަމްޒާ ވިދާޅުވީ އެ ފައިސާ ހޯދުމުގައި ދައުލަތުން ގަސްތުގައި ލަސް ކުރަމުންދާކަން މާނަ ކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި ހަމްޒާ ވަނީ، އަދީބާއި ޒިޔަތު ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރަމުން ދަނީ ކޮން އުސޫލެއްގެ ދަށުން ތޯ ވެސް ސުވާލު އުފައްދަވާފަ އެވެ.

ހަމްޒާ ވިދާޅުވީ އާރަށް ކުށްޔަށް ދިނުމުގައި ސުވާލު އުފެދޭ މުއާމަލާތްތަލެއް ހިނގިކަމަށް ދައުލަތުން ބުނަމުން ދިޔަ ނަމަވެސް ފަތުރުވެރިކަމުގެ ގާނޫނަށް ބަލާއިރު އާއްމުކޮށް އިއުލާނު ކުރުމެއް ނެތި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދަށުގައި އޮތް ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އިތުރު އެހެން ކުންފުންޏަކަށް ކުއްޔަށް ދެވިދާނެކަމަށް ގާނޫނުން ސާފުވާ ކަމަށެވެ. އެއަށް ފަހު ހަމްޒާ ވަނީ، އާރަށުގެ މުއާމަލާތުގައި ގޯސްތަކެއް ވާކަމަށް ބުނެ ހުށަހަޅާފައިވާ ޗާޓުގައި ހުރީ ގޯސް މައުލޫމާތުތަކެއްކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން އާރަށުގައި ރިސޯޓު ތަރައްގީ ކުރުމަށް، ލެޓާރ އޮފް އިންޓްރެސްޓު ފޮނުވާފައި ނުވާކަމަށް ދައުލަތުން ޝަރީއަތުގައި ބުނި ނަމަވެސް، 2015 އޮގަސްޓު 23 ގައި ޓުޖީ ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރުސީއަށް ފޮނުވި ލެޓާރ އޮފް އިންޓްރެސްޓު ސިޓީ ފޮނުވާފައިވާކަމަށް ބުނެ، ހަމްޒާ ވަނީ އެ ލިއުމުގެ ކޮޕީއެއް ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ. ހަމްޒާ ވިދާޅުވީ ފުލުހުންގެ ޗާޓްގައި އޮފާ ލެޓާރ އެއް އެމްއެމްޕީއާރްސީން ޓޫޖީ ކުންފުންޏަށް ފޮނުވާފައި ނެތްކަމަށް އޮތް ނަމަވެސް އޮފާ ލެޓާރ އެއް އެމްއެމްޕީއާރްސީން ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީ ފެންނަން އެބައޮތްކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

މީގެއިތުރުން ހަމްޒާ ވަނީ އާރަށަކީ ކުށުގެ މުއަމަލާތެއް ހިމެނޭ ރަށެއް ނަމަ ސަރުކާރުން އެ ރަށް އަތުލީސްކަން ފާހަގަކޮށް މިހާރު ވެސް ރަށް އޮތީ އާރަށް ޕްރައިވެޓް ލިމިޓެޑްގެ ދަށުގައިކަން ފާހަގަކުރައްވާފަ އެވެ.

މައްސަލައިގައި ދެ ފަރާތުގެ ވާހަކަތަކަށް ފަހު، ޝަރީއަތް ނިންމަވާލައްވަމުން ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އަންނަ ބުދަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމާށެވެ. އެއަށް ފަހު އިތުރަށް ސާފު ކުރަން ޖެހޭކަމެއް ނެތް ނަމަ އޮންނާނީ ހުކުމް ކުރުންކަމަށް އިއުލާނު ކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: