ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓު 10 ބިލިއަނަށްވުރެ އިތުރު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފިނޭންސް މިނިސްޓްރީއިން ހާއްސަ ބަޖެޓުގެ ގޮތުގައި 10 ބިލިއަންނަށްވުރެ ބޮޑު އަދަދެއް ބޭނުންކޮށްފައިވާކަމަށް އެ މުވައްސަސާއިން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްއިން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެ މުވައްސަސާއިންވަނީ ސްޕެޝަލް ބަޖެޓުގެ ގޮތުގައި އެޕްރޫވް ކުރެވިފައިވާ 10.6 ބިލިއަނުގެ އިތުރަށްވެސް ހަރަދުކޮށްފައެވެ. އެގޮތުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ މުވައްސަސާއިންވަނީ 10.9 ބިލިއަނާއި ގާތް ކުރާ އަދަދަކަށް ސްޕެޝަލް ބަޖެޓުގެ ގޮތުގައި ހަރަދުކޮށްފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ހައުސިންގް މިނިސްޓްރީއިންވެސް ވަނީ ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކޮށްފައެވެ. އެގޮތުން 4 ބިލިއަނާއި ގާތް ކުރާ އަދަދެއް އެޕްރޫވު ކުރެވިފައިވާއިރު އެ މުވައްސަސާއިންވަނީ 5 ބިލިއަނަށްވުރެ އިތުރަށް ހަރަދުކޮށްފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރުގެ ޖުމުލަ ހަރަދުތަކަށްވުރެ މި އަހަރުގެ ހަރަދުތައް އިތުރެވެ. އެގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 27.4 ބިލިއަން ހަރަދުކޮށްފައިވާއިރު މި އަހަރު ހަރަދުކޮށްފައިވަނީ 32.2 ބިލިއަނެވެ.

އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އިދާރީ އަދި ހިންގުމުގެ ހަރަދު ގޮތުގައިކަމަށްވާއިރު، ވޭތުވެދިޔަ އަހަރު މުސާރަ ގޮތުގައި ދިން އަދަދަށްވުރެ ބޮޑު އަދަދެއް މި އަހަރު ހަރަދުކޮށްފައިވެއެވެ. 2021 ވަނަ އަހަރު 8.6 ބިލިއަން ހަރަދުކޮށްފައިވާއިރު މި އަހަރު ހަރަދުކޮށްފައިވަނީ 9.2 ބިލިއަނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: