ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމާއި ހަވާލުވި އިރު 200 މިލިއަން ޑޮލަރަށްވުރެ ގިނައިންހުރި އެސްޑީއެފްގައި މިހާރު ހުރީ 6.4 މިލިއަން ޑޮލަރު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނިވެރިނުވެ ގައުމުގެ ކުރިއެރުމައްޓަކައި ގާއިމު ކުރެވިފައިވާ 5.1 ބިލިއަން ރުފިޔާގެ އެސްޑީއެފް ފަންޑުގައި ބާކީ ހުރީ 98.7 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ގާއިމުކުރައްވާފައިވާ އެސްޑީއެފް ފަންޑުގައި ހުންނަ ފައިސާ ކޮންމެ ތިން އަހަރަކުން އިތުރުވެގެންދާނެކަމަށް ފަންޑު ގާއިމު ކުރެއްވި އިރު އިގްތިސާދީ ވަޒީރުގެ މަގާމުގައި ހުންނެވި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ ފާހަގަކުރައްވާފައެވެ.

“ސަންގު” އިން ވަނީ މި ކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ސުވާލުކޮށްފައެވެ. ފިނޭންސްއިން ބުނެފައިވާގޮތުން ފަންޑުގެ ސައިޒަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ. އަދި އެ ފަންޑުގެ ބެލެންސް ދަށްވެފައިވާ ސަބަބަކީ އިންވެސްޓުކުރެވިފައިވުންކަމަށް ފާހަގަކޮށް ފިނޭންސް އިން ބުނެފައިވާގޮތުން އެ ފަންޑުން އެއްވެސް ހަރަދެއް ކޮށްފައިވާނަމަ ދަށްވެގެންދާނީ ފަންޑުގެ ޖުމުލަ ސައިޒެވެ. އެހެން ނަމަވެސް އެފަދަ ހަރަދެއް ކޮށްފައިނުވާނެކަމަށް ބުނެފައިވެއެވެ.

ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވި އިރު މި ފަންޑުގައި 200 މިލިއަން ޑޮލަރަށްވުރެ އިތުރަށް ހުރި ނަމަވެސް މިހާރު ފަންޑުގައި ހުރީ 6.4 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެކެވެ.

ސައީދު ވިދާޅުވެފައިވާގޮތުން، ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވާ ކޮންމެ މީހެއްގެ މައްޗަށްވެސް މި ފަންޑު ރައްކައުތެރިކަމާއި އެކު ބެލެހެއްޓުން ލާޒިމުވެގެންވެއެވެ. އެހެން ނަމަވެސް ރައީސް ސާލިހުވަނީ މި ފަންޑުގައި ހުރި ފައިސާ ދިވެހިރާއްޖެއަށް މާލީ މަންފާތަކެއް ހާސިލުކޮށްދެއްވުމުގެ ނަމުގައި ބޭރުގައުމެއްގައި އިންވެސްޓުކޮށްފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެމްއޭއިންވަނީ މި ފައިސާ ނުލިބިއްޖެ ހާލަތެއްގައި ދަރަނިތައް ދެއްކުމުގެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދާނެކަމަށް ފާހަގަކޮށްފައެވެ. އެމްއެމްއޭގެ ރިޕޯޓުގައިވަނީ ފައިދާއާއި އެކު ފައިސާ އަނބުރާ ހޯދުމުގެ ޕްލޭނެއް އެކުލަވާލުމަށް ސަރުކާރަަށް އިލްތިމާޒްކޮށްފައިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: