ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރަށް ހަރަދެއް ނުކުރަން، ބަޖެޓު ބޭނުން ކުރަނީ ގާނޫނާއި އެއްގޮތަށް: ފިނޭންސް މިނިސްޓްރީ

މާލީ ވަޒީރު އިބާރާހީމް އަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާއި ހިލާފުވާގޮތަށް ސަރުކާރުން ހަރަދުކޮށްފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ފިނޭންސް މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

ގާނޫނުއަސާސީ އާއި ހިލާފަށް ސަރުކާރުން ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ް”ސަންގު” އިން ވަނީ އެ މައްސަލައާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް އާއި ސުވާލުކޮށްފައެވެ.

އެގޮތުން ބައެއް މުވައްސަސާތަކުންވަނީ ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުތަކެއް ކޮށްފައިކަމަށް ފާހަގަކުރެވިފައިވާކަމަށް އިޝާރާތްކޮށް “ސަންގު” އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ސަރުވަޝް ވިދާޅުވީ ފިނޭންސް އިން ބަޖެޓުގެ ކަންކަން ބަލަހައްޓަމުންދަނީ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ. އަދި ގާނޫނާއި ހިލާފުވާގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެކަމަށް އެނާ ވިދާޅުވިއެވެ.

ބައެއް މުވައްސަސާތަކުގެ އެޕްރޫވްޑް ބަޖެޓު އެމައުންޓައްވުރެ ޔޫޓިލައިޒްޑް ބަޖެޓު އެމައުންޓުގެ އަދަދުތައް މަތީގައި ހުރިކަމަށް ފާހަގަކޮށް ސުވާލު ކުރުމުން ސަރުވަޝް ވިދާޅުވީ، މުއައްސަސާތަކުން އިތުރަށް ހަރަދުކޮށްފައި ވަނީ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިންނާއި އެ މުއައްސަސާއެއްގެ ބަޖެޓު ކޯޑުތަކަށް ބަދަލުގެނެސްގެން ކަމަށެވެ.

ފިނޭންސް އިން މިފަދައިން ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެކި މެމްބަރުންނާއި ހުދު ރައީސް ނަޝީދުވެސް ވިދާޅުވާގޮތުން، ސަރުކާރުންވަނީ މާލިއްޔަތު ގާނޫނާއި ހިލާފުވާގޮތަށް އަމަލުކޮށްފައެވެ. އެގޮތުން ސަޕްލިމެންޓަރީ ބަޖެޓެއް ފާސްނުކޮށް އިތުރަށް ހަރަދުކޮށްފައިވާކަން ހާމަވާކަމަށް ރައީސް ނަޝީދުވަނީ ބަޖެޓު ދިރާސާ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަޝިޒް އަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: