ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ބަޔަކު މަރަން ރޭވިކަމުގެ ތުހުމަތު؛ ކޯޓުން ނިންމީ ޝަރީފަށް ކުރި އަބުރުގެ ދައުވާ ބަލައިގަތުމަށް

ރައީސް މުހައްމަދު ނަޝީދާއި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް/ ފޮޓޯ: މަޖިިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އަނިވެރި ވެރިއެއްކަމަށް ދައްކައި، އެމަނިކުފާނުގެ ބޮލުގައި ގިނަ ބައެއްގެ މަރުގެ ތުހުމަތު އެޅުވުމަށް ރައީސް މުހައްމަދު ނަޝީދު ރޭވިކަމަށް ބުނެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރުން ވާހަކަ ދައްކަވަމުން ގެންދަވާ މައްސަލައިގައި އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ.

މިއީ މާލޭގެ ހަލަބޮލި މުޒާހަރާއެއްގެ ތެރެއިން 50 މީހަކަށް އަނިޔާ ދީ، މަރާލުމަށް ފަހު އެކަން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޮލުގައި އެޅުވުމަށް ކުރި މަސައްކަތާއި ދެކޮޅަށް ޕާޓީގެ އެހެން މެމްބަރުން ނިކުތްކަން އޭރުގެ ލީޑާޝިޕާއި ޕާލިމަންޓު ގުރޫޕުގެ އިސް މެމްބަރުންނަށް އެނގޭނެކަމަށް ބުނެ ޝަރީފް ތުހުމަތުތަކެއް ކުރި މައްސަލައެކެވެ. ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ އެ ރޭވުމާއި އެއްގޮތަށް ނެރުނު ގަރާރެއް ވެސް އޮންނާނެ ކަމަށެވެ. އަދި އެކަން ސާބިތު ކުރެވޭނެކަމަށް ވެސް ވިދާޅުވި އެވެ.

މިއީ ސީރިއަސް ތުހުމަތުތަކެއްކަން ގިނަ ބަޔަކު ދަނީ ފާހަަގަކުރަމުންނެވެ. އަދި މައްސަލައިގައި ރައީސް ނަޝީދުގެ އާއްމުންގެ ތެރޭ އެއްވެސް އެއްޗެއް ވިދާޅު ނުވެ ހުންނެވުމަށް ފަހު ހަމަ އެ ހަފްތާގައި ޝަރީފްގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ނިންމައި ކޯޓަށް ހުށަހެޅުއްވި އެވެ. މައްސަލަ ބަލައިގެންފައިވާކަން ރައީސް ނަޝީދަށް ކޯޓުން އެންގީ އިއްޔެ އެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާގައި ނަޝީދު އެދިވަޑައިގެންފައި އޮތީ އަބުރަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުގައި ޝަރީފް އަތުން ދިހަ މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. މައްސަލައިގައި ރައީސް ނަޝީދު ވަނީ، ޝަރީފް އެމަނިކުފާނުގެ އަބުރާއި ބެހި ގެއްލުންތަކެއް ދީފައިވާކަމަށެވެ. އެހެންވެ އަބުރަށް އަރައިގަތުމުގެ އަމަލެއް ޝަރީފް ހިންގެވީކަން ކަނޑައަޅައިދޭން އެދި ހުށަހެޅީކަމަށް މައްސަލައިގައި ވެއެވެ.

ތުހުމަތުތަކަށް ޝަރީފަށް ކުރާ ފާޑުކިއުންތަކަށް އޭނާ ދަނީ ރައްދު ދެމުންނެވެ. އަދި ތަކުރާރުކޮށް ބުނަމުން ދަނީ، ރައީސް ނަޝީދަކީ އަމިއްލަ ބާރުވެރިކަން ހޯދުމަށް ކޮންމެ އަމަލެއް ވެސް ހިންގަވަފާނެ ބޭފުޅެއް ކަމަށެވެ.

އަބުރުގެ ދައުވާގެ ބަޔާނަށް ރައްދު ދީ، ޝަރީފް ވިދާޅުވީ ކޯޓަށް މައްސަލަ ވެއްދުމަކީ ވަރަށް ރަނގަޅު ފެށުމެއްކަމަށާއި މައްސަލަ ތަހުގީގުކޮށްފި ނަމަ އޭނާ ދެއްކީ ތެދު ވާހަކަތަކެއްކަން ހާމަވާނެ ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ދެބަސްވުންތައް އުފެދި މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ފެކްޝަނަކާއި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންގެ ގުރޫޕެކެވެ. ސަރުކާރު ހިންގުމާއި ހަވާލުވުމަށް ފަހު، ރައީސް ސޯލިހު އެމްޑީޕީގެ އުފެދުމުގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފުވާތީ، އެމަނިކުފާނަށް ކުރެއްވި ތާއީދު ރައީސް ނަޝީދު ވަނީ އަނބުރާ ގެންދަވާފަ އެވެ. އަދި ވެރިކަމަށް އައުމަށް ޖަޒީރާ ރާއްޖެ އަދި އެޖެންޑާ-19 މެނިފެސްޓޯގެ ދަށުން ވީ ވައުދުތައް ފުއްދުމަށް ސަރުކާރުން އެކަށީގެން ވާ މަސައްކަތްތަކެއް ނުކުރެވި އޮތީ ކޯލިޝަނުގެ އެހެން ޕާޓީތަކުގެ ނުފޫޒުގެ ތެރޭގައިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މައްސަލައިގައި ރައީސް ސޯލިހަށް ތާއީދު ކުރާ މެމްބަރުން ވިދާޅުވީ، ރައީސް ނަޝީދު ބޭނުން ވަނީ ދިވެހިރާއްޖޭގެ ވެރިކަން ނަމަވެސް، ރައްޔިތުން އެމަނިކުފާނަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާކަމަށް އައުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ވެސް ކާމިޔާބު ނުވާނެކަމަށް ވދިާޅުވި އެވެ. މިއީ ބާރުވެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ބުނެ ދެކެވޭ ވާހަކައިގެ ތެރެއިން، އެއް މެމްބަރަކު އަނެއް މެމްބަރަކަށް ކުރި ތުހުމަތުތަކުގެ ތެރޭ މީގެ ދުވަސްތަކެއް ކުރިން ޝަރީފް ރައީސް ނަޝީދު ބަޔަކު މަރާލަން ރޭވިކަމުގެ ތުހުމަތު ކުރީ އެވެ.

އެމްޑޕީގެ ގިނަ މެމްބަރުން ވަނީ ޕާޓީގެ ރައީސްގެ މައްޗަށް މިފަދަ ތުހުމަތެއް ކުރުމުން، ބަޔާނެއް އާއްމު ނުކުރާތީ އާއި އެކަމާއި ދެކޮޅަށް ރައީސް ބަހެއް ވިދާޅުވެފައި ނުވާތީ ފާޑުކިޔާފަ އެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: