ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުގެ މަސްވެރިކަން ކުރި ނާރަނީ، ބާނާ މަސް ވިއްކޭނެ މަގެއް ނުދެއްކޭތީ: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެއްވެސް ކުރިއެރުމެއް ނުލިބެނީ، ބާނާ މަސް ވިއްކޭނެ މަގެއް ދެއްކިފައި ނުވާތީކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ހަމަ އަގު ހޯދައިދިނުން އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ހާއްސަކޮށް މިދިޔަ ސަރުކާރުގެ ބެޔަސް ނުބެޔަސް ދިހަހާސް ރުފިޔާގެ ވައުދަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފައި ވެއެވެ.

މިއަދު ފާހަގަކުރަމުން ދާ މަސްވެރިންގެ ދުވަހާއި ގުޅުވައި ޔާސިރު ވިދާޅުވީ މާޒީގައި ވެރިން ކަންތައްކޮށްފައި ވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިގްތިސާދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެ ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ޕެޓިޝަންތަކުގެ ސިފައިގައި ރައީސް އޮފީހަށް ހުށަހަޅާފައި ވެއެވެ. ސަރުކާރުން ބުނެފައި ވަނީ އެންމެ ބޮޑު އެއް ސަމާލުކަމެއް ދޭ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަން ހިމެނޭކަމަށާއި އެކަމަށް ހައްލު ހޯދައިދޭނެ ކަމަށެވެ.

 

ސަރުކާރުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: