ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު މިހާތަނަށް 1275 މީހަކު ވަނީ އިންފްލުއެންޒާ އަށް ޓެސްޓްކޮށްފައި: ހެލްތު މިނިސްޓްރީ

އައިޖީއެމްއެޗް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް 1275 ،މީހަކު އިންފްލުއެންޒާ އަށް ޓެސްޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އިންފްލުއެންޒާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު އެ ބަލި 8 މީހަކަށް ވަނީ ޖެހިފައެވެ. ނޮވެމްބަރު މަހު ފަސް މީހަކު އިންފްލުއެންޒާ އަށް ވަނީ ޓެސްޓް ކޮށްފައެވެ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 30552 މީހުން ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާޖެހިގެން ރިފޯޓް ކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު ނޮވެމްބަރު މަހު ރޯގާގެ ރިޕޯޓްތައް ވަނީ މަދުވެފައެވެ. އޮކްޓޯބަރު މަހު 31750 އަރިދަފުސް ރޯގާގެ ވޭދަނަ ރިޕޯޓްކޮށްފައިވެއެވެ. އަދި ނޮވެމްބަރު މަހު 30552 ވޭދަނަ ވަނީ ރިޕޯޓް ކޮށްފައެވެ.

.ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފާ މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ ދަށްވެފައެވެ.

އޮކްޓޯބަރު މަހު 3820 މީހަކު ވަނީ ހޮޑު ލެވޭތީ ޑޮކްޓަރަށް ދައްކާފައެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި 2575 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ.

ނޮވެމްބަރު މަހު ހޭންޑް ފުޓް އެންޑް މައުތު ޑިސީޒް އިތުރުވެފައިވީ ނަމަވެސް ވައިރަލް ހުމާއި ލޮލު ރޯގާ އަދި ފާނަބަސަންދު ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރު ނުވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނުފައެވެ.

އެހެން އަހަރު ތަކަށްވުރެ މިއަހަރު މޫސުމީ ވިއްސާރައިގެ ސަބަބުން ޖެހޭ ބަލިތައް އިތުރު ވުމުގެ ފުރުސަތު އޮތުމުގެ ކަންބޮޑުވުން އެޗްޕީއޭއިން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިއްސާރަ ވުމުގެ ސަބަބުން މަދިރި އާލާވެ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރިޕޯޓުކުރާ މިންވަރު އިތުރުވެ މަރިދި އާލާވާ ތަންތަން ނައްތާލުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ އާއްމުންގެ ތެރެއަށް ނިކުމެ ނޫލުމަށާއި އާއްމު ސާފުތާހިރުކަށް އިސްކަން ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: