ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރެއްގެ ސިފަތައް މި ވެރިކަމުން ގެއްލިއްޖެ، ހެޔޮ ވެރިކަމެއް ކުރީ ރައީސް ޔާމީން އެކަނި: ނާޒިމް

ކުރީގެ ހެލްތު މިނިސްަޓަރު އަބްދުﷲ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމެއްގައި ތިބޭއިރު ފުރިހަމަ ސަރުކާރެއްގައި ހުންނަން ޖެހޭ، އެއްވެސް ސިފައެއް މި ސަރުކާރުގެ ނެތްކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހަތަރު އަހަރުވީ އިރު ވެސް ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދޭކަމަށް ބުނެ އިދިކޮޅުގެ ފާޑުކިއުންތައް އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ދެވަނަ ދައުރެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރި ނަމަވެސް ގައުމު ހިންގަން ނޭނގޭ ބަޔަކާއި ދެވަނަ ފަހަރަށް ވެރިކަން ހަވާލު ނުކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ.

ސިލްސިލާކޮށް ޕާޓީ އޮފީހުގައި ކުރިޔަށް ގެންދާ ޖަލްސާތަކުގެ ތެރެއިން، ރޭގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ސަރުކާރެއްގައި ހުންނަން ޖެހޭ ވަރަށް ގިނަ އަސާސީ ސިފަތަކެއް ހުންނަ ކަމަށެވެ. ނަމަވެސް މީގެއިން އެއްވެސް ސިފައެއް ސަރުކާރުގައި ނެތްއިރު، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައީސް ސޯލިހު ފެއިލްވެފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިކަމާއި މެދު އެންމެ ބޮޑަށް ވިސްނަން ވީ އެއްބަޔަކީ، ކޯލިޝަނެއްގެ ނަމުގައި ސަރުކާރާއި ގުޅިގެން ތިބި ލީޑަރުން ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތަކުން ފައިސާތައް ދޫކުރާއިރު އޭނާ ވިދާޅުވީ އެ މީހުންނަށް މަގާމުތަކާއި ލަގާބުތައް ދީފައިވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.

ކޯލިޝަންގައި ތިބެގެން މިސަރުކާރުވަންތަ ނެތް ސަރުކާރުގައި ތިބި ކޮންމެ ލީޑަރަކީ މިގައުމަށް ހިޔާނާތްތެރިވަމުންދާ ވަގެއް މިއަދު ގައުމުގެ ދިފާއުގައި ރައްޔިތުންގެ ހައްގުގައި ސަރުކާރެއް ހަމަ މަގަށް އެޅުވުމުގައި ސަރުކާރުވަންތަކަން ގެއްލިފައިވާ ސަރުކާރެއް ހަމައަކަށް އެޅުވުމުގައި ހަމައެކަނި މަސައްކަތް ކޮށްފައިވާ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންގ ޒައާމަތުގައި.

ކޮންމެ ވެރިއެއް ވެސް ވެރިކަމަށް އަންނަނީ، ވައުދުތަކެއް ވެ މެނިފެސްޓޯއެއްގެ ދަށުންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެ ވައުދުތައް ފުއްދާނެކަމަށް ބުނެ ކޮންމެ ކެނޑިޑޭޓެއް ވެސް ރައްޔިތުންނަަށް ފޮނި ހުވަފެން ދައްކާ ކަމަށެވެ. އެގޮތުން މި މެނިފެސްޓޯތަކުގެ ދަށުން ވެރިކަމަށް އަންނަ މީހުން އަމަލު ކުރާ ތިން އުސޫލެއް އޮންނަކަމަށާއި އެއީ ވައުދު ވެ ވައުދު ފުއްދުމާއި ވާ ވައުދުތައް މަތިން ހަނދާން ނެތޭ ވެރިން ކަމަށެވެ. އަދި ސަރުކާރުގެ ސަރުކާރު ވަންތަކަމުގެ ސިފަތައް ގެއްލިދާ ވެރިން ތިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގެނެސް ދީ، ވައުދުތައް ފުއްދައި މެނިފެސްޓޯ ފުރިހަމަ ކުރެއްވި ވެރިއަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކަށް ވީ ރައްޔިތުންނަށް ތަނަވަސް ހެޔޮ ދިރިއުޅުމެއް ހޯދައިދޭންކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވައުދުވީ ދަރަނި ކުޑަކުރަން ކަމަށާއި ނަމަވެސް މިހާރު ދައުލަތުގެ ދަރަނި 100 ބިލިއަނަށް ވުރެ ބޮޑުވެފައިވާ ކަަމަށް ނާޒިމް ވިދާޅުވިއެވެ. ދަރަނީގެ 50 އިންސައްތަ ނުވަތަ 50 ބިލިއަނަށް ވުރެ ބޮޑު އަދަދަކީ މި ސަރުކާރުން އުފެއްދި ދަރަނި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރު މިއަދު އޮތީ ސަރުކާރު މެނޭޖްކުރަން ނުކުޅެދިފައި ކަމަށެވެ. ވެރިމީހާގެ އާރެއް ބާރެއް ނެތް ކަމަށާއި ވަޒީރުންނާއި މުއައްސަސާތަކުން އަމަލު ކުރަމުން ދަނީ އެބަޔަކު ބޭނުން ގޮތަކަށް ކަމަށެވެ.

ނާޒިމް ވިދާޅުވީ ދިވެހި ދައުލަތުގެ ބާރުތައް އޮތީ އިންޑިއާ ސަފީރުގެ މުށުތެރޭގައި ކަމަށެވެ. އެގޮތުން ދާދި މިދާކަށް ދުވަހު ފެނިގެންދިޔަ މަންޒަރަކީ އުއްތަމަ ފަނޑިޔާރާއި އޭނާ އާއި އެކު މަސައްކަތްކުރާ ހުރިހާ ފަނޑިޔާރުން އިންޑިއާ ހައިކޮމިޝަންގައި ބައްދަލުވުމެއް ބޭއްވިގެންދިޔަތަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނާހަމަތެދެއް؟ ޤަރުނުގެ ބޮޑުޖޯކުތީ،
    ރައްޔިތުންނަށއ ބިރުދައްކާ އަނގަބަންދުކޮށް ދައުލަތުގެ ހަޒާނާ ފެންފޮދަކަާ ނުލާދިރުވާލުން އެއީ ހެޔޮވެރިކަމަކައްވާނަމަ ރ.ޔާމީންގެ ވެރިކަން އެއީ އެންމެ ހެޔޮވެރިކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: