ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑު: އައިއެމްއެފް

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑުކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފްގެ ވެބްސައިޓްގައިވާ އާޓިކަލްއެއްގައި ބުނެފައިވަނީ ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑުކަމަށާއި ހަރަދުތައް ކުރުމުގައި ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އާމްދަނީ އިތުރު ކުރުމާއި ދަރަނިތައް މެނޭޖް ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ތަންފީޒު ކުރަންޖެހޭ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ.

2021 ޖުލައި އިން 2022 އަށް ރާއްޖޭގެ އިންފްލޭޝަން ވަނީ 0.2 އިން 2.7 ޕަސެންޓަށް އުފުލިފައި ކަމަށް އައިއެމްއެފްގެ ބަޔާނުގައިވެއެވެ. އިންފްލޭޝަން އުފުލުނު އިރު އަގުތައް އުފުލުނު ދާއިރާތަކުގެ ތެރޭގައި ކާނާ އާއި ހަކަތަ އާއި ދަތުރުފަތުރުގެ ދާއިރާ ގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ ކަމަށް ވެސް އައިއެމްއެފް އިން ބުނެފައިވެއެވެ.

އައިއެމްއެފް އިން ލަފާކުރާ ގޮތުގައި އަންނަ އަހަރުވެސް ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވާނެއެވެ. ސަބަބަކީ ރިޔާސީ އިންތިހާބަށާއި ކާނާ އަށް ކުރާ ހަރަދު އިތުރުވާނެތީއެވެ. އަދި ޖީއެސްޓީ އަށް ގެނެވުނު ބަދަލާއެކު އިންފްލޭޝަން އުފުލިގެންދާނެ ކަމަށް ބުނެފައިވެއެވެ. ރާއްޖޭގެ އިގްތިސާދު އަންނަ އަހަރު 6.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގ އިގްތިސާދު ކުރިއަރަނީ ފަތުރުވެރިކަން ކުރިއަރަމުންދާތީ ކަުގައި ވެސް އައިއެމް އެފް އިން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމުގެ އިތުރުން ދަތުރުފަތުރާއި އާއްމު ވިޔަފާރިތައްވެސް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ. އަދި ސަބްސިޑީ ދޭ އުސޫލަށް ބަދަލުގެނައުމަށް ވެސް ލަފާދީފައި ވެއެވެ.  ކޮވިޑްގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާފައިވާ ކަމަށް އައިއެމް އެފް އިން ވަނީ ބުނެފައެވެ. އައިއެމްއެފްއިން ރާއްޖެ ދަރަނިވެރިވެދާނެ ކަމުގެ އިންޒާރު ދީފައިވި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ރާއްޖެ ދަރަނިވެރި ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމަށެވެ.

މީގެ ކުރިން މާލީ އިދާރާ ތަކާއި އެތަންތަނުގެ ވެރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ރިޒާވްގައި ހުރި ފައިސާ ހުސްވާ ވާހަކަ އާއި ދަރަނިވެރިވެ ބަނޑަށްޖެހިދާނެ ވާހަކަ އަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށެވެ. އައިއެމްއެފްގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ބޭރުން ފައިސާ ހޯދަން ޖެހޭ މިންވަރު އިތުރު ވުމުގެ ސަބަބުން މިހާރު ވެސް ބޭރު ފައިސާގެ ރިޒާވަށް އޭގެ ބުރަ ބޮޑުވެ ދަރަނި ދެއްކުމަށް ފައިސާ ހޯދުން ނުވަތަ ދަރަނި ފަސްކުރުން ފަދަ ކަންކަމަށް ކުރިމަތިވާ ގޮންޖެހުން ބޮޑުވެގެންދާނެއެވެ.

މީގެ އިތުރުން ޑޮލަރު ލިބުމުގެ ދަތިކަން އަދިވެސް އެބައޮތް ކަމަށާއި އެކަން ހާމަވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް ވެސް އައިއެމްއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: