ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލާ މަޝްރޫއުގެ މަސައްކަތްތަކެއް ކުރުމަށް މާލެ- ހުޅުމާލެ ލިންކު ރޯޑުގެ ލޭނެއް ބަންދު ކުރަނީ!

ލޭނުތައް ބަންދުކުރުމަށް ކަނޑައެޅިފައިވާ ގޮތުގެ ޗާޓެއް: ފޮޓޯ/ އެންވައިރަމެންޓު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯލާ ހަކަތައިގެ މަޝްރޫއުގެ މަސައްކަތްތައް ކުރުމައްޓަކައި ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ މަގުގެ އެއް ލޭނު ވަކި ވަގުތުތަކެއްގައި ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށް އެންވައިރަމެންޓު މިނިސްޓްރީއިން ބުނެފިއެވެ.

ސޯލާ ޕްރޮޖެކްޓުގެ މަސައްކަތްތަކެއް ކުރިއަށްދާކަމަށް އަލި އަޅުވައި ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، ވޯލްޑު ބޭންކުގެ އެހީގައި އެންވައިރަމެންޓު މިނިސްޓްރީއިން އެންސިސް ކުންފުންޏާ ހަވާލުކޮއްގެން ކުރިއަށް ގެންދަނީ 5.6 މެގަވޮޓުގެ ސޯލާ ހަކަތައިގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތްތަކެއް ކަމަށެވެ.

މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވާގޮތުން، މި މަސައްކަތްތައް ކުރުމަށްޓަކައި، މާލެ-ހުޅުމާލެ ލިންކު ރޯޑުގެ މޫދާވީ ފަޅީގެ ސްޓްރަކްޗާރ ހަރުކުރުމުގެ މަސސައްކަތްތައް މިހާރު ކުރިއަށް ދާކަމަށެވެ. އަދި އެކަން ކަން ކުރުމުގެ މަގުސަދުގައި ލިންކު ރޯޑުގެ ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ މަގުގެ އެއް ލޭނު ކަނޑައެލިފައިވާ ވަކި ވަގުތުތަކެއްގައި ބަންދު ކުރާނެކަމަށް ބުނެފައިވެއެވެ.

އެންވައިރަމެންޓު މިނިސްޓްރީއިން ވަނީ ލޭނު ބަންދު ކުރުމަށް ކަނޑައެޅިފައިވާ ވަގުތުތައްވެސް ޝާއިއުކޮށްފައެވެ. އެގޮތުން ހުކުރު ދުވަސް ނޫން އެހެނިހެން ދުވަސްތަކުގެ ހެނދުނު 9:30 އިން 11:30 އަށް އަދި މެންދުރުގެ 13:30 އިން 16:30 އަށް ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. މިނިސްޓްރީ އިން ބުނެފައިވާގޮތުން ލޭނު ބަނދުކޮށްގެން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގައިކަމަށެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން ލޭނެއް ބަނދުކޮށްގެން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވެނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައިކަމަށެވެ. އަދި މަގު ބަންދު ކުރުމުގެ ތަރުތީބާއި ގަޑި ކަނޑައެޅިފައިވަނީ ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކާއި މަޝްވަރާ ކުރުމަށް ފަހުކަމށާއި، އެ ވަގުތު ތަކުގައި ދުއްވާ ފަރާތްތަކުން ސަމާލުކަންދިނުމަށް އިލްތިމާޒް ކުރާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: