ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވާތީ އިދިކޮޅުން ކޯޓަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރެވުނު 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ކޯޓުން ނުދީ ހިފައްޓާފައިވާތީ ޕީޕީއެމް އިން ކްރިމިނަލް ކޯޓަށް ވަޑައިގެންފިއެވެ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއްމިލިއަން ޑޮލަރު ނަންގަވައި އެފައިސާ ލޯންޑަރ ކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް އެމައްސަލަ ވަނީ ސާބިތުވެފައެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވަނީ މަނީ ލޯންޑަރ ކުރި ކަމާއި ރިޝްވަތު ގަބޫލު ކުރިކަމުގެ ދައުވާއެވެ.

ރައީސް ޔާމީނަށް ކުރެވުނު ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދުވި ގޮތުގައި ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ކްރިމިނަލް ކޯޓަށް މިއަދު ވަޑައިގަތީ ރައީސް ޔާމީން އަށް ކުރި ހުކުމުގެ ޝަރީއަތުގެ މަޖިލިސް ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ޑިލީޓްކޮށްލާފައިވާތީއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ  ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބޭތީ އިސްތިއުނާފުގެ މަސައްކަތް ވަނީ ނުފެށިފައިކަމަށެވެ.

ޖަމީލް ވިދާޅުވި ގޮތުގައި މައްސަލައިގެ ހުކުމް ކުރާ ދުވަހު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޑައިރެކްޝަންގައި އަންގާފައިވާ ކަމަށެވެ.

ރައީސް ޔާމީން އަށް ހުކުމް ކުރުމާއެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް މީހެއްގެ މައްޗަށް ކޮށްފައިވާނަމަ އެމީހަކަށް އެހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ނުވަނީސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: