ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް އިއުލާން ކުރީ ދެ ރައީސުންނާ ވެސް މަޝްވަރާ ކުރުމަށްފަހު: ފައްޔާޒް

ރައީސް ސޯލިހު، ރައީސްނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އެކު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިދޭޓަކު ހޮވުމަށް ބާއްވާ ޕާޓީގެ ރިޔާސީ ޕްރައިމެރީއަށް އިއުލާން ކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދުއާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް އިއުލާންކުރި ގޮތާއި ތާއިދު ފޯމު ފުރުމުގެ ކަންކަން އިންސާފުވެރި ކަމާއިއެކު ކޮށްފައި ނުވާ ކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އަލީ އާޒިމް ވިދާޅުވީ އިންތިހާބަށް އިއުލާން ކުރީ މަޝްވަރާ ކުރުމެއްނެތި ކަމަށާއި އަދި އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދަނީ “ކުރުގަޅުވާލައިގެން” ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ރިޔާސީ ޕްރައިމެރީއަށް އިއުލާނު ކުރުމުގެ ދެ މަސް ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ތާއިދު ފޯމުތައް ފުރުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ރައީސް ނަޝީދަށް އެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމްގެ ވާހަކަތަކާއި ގުޅިގެން ފައްޔާޒް ވިދާޅުވީ އަސާސީގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ރިޔާސީ ޕްރައިމެރީއަށް އިއުލާން ކުރުމަކީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އޭނާއަށް ލިބިގެންވާ ބާރެއް ކަމަށާއި އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް އިއުލާނު ކުރީ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ ޕްރައިމެރީއަށް އިއުލާން ކުރުމުގެ ކުރިން އިންތިހާބުގައި ވާދަކުރާނެ ކަމަށް ގަބޫލު ކުރެވުނު ފަރާތްތަކާއި އޭނާ ދިޔައީ މަޝްވަރާ ކުރަމުން ކަމަށާއި އެގޮތުން ޕްރައިމެރީއަށް އިއުލާނު ކޮށްފައި ވާނީ ރައީސް ސާލިޙްއާއި ރައީސް ނަޝީދުއާއި ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ރައީސް ނަޝީދު ބޭނުންފުޅުވީ ޖެނުއަރީ މަހު ޕްރައިމެރީއަށް އިއުލާން ކުރުމަށް ފަހު އެއްމަސް ދުވަހުގެ މުއްދަތެއް ކެމްޕެއިން ކުރުމަށް ދިނުމަށް ފަހު ފެބްރުއަރީ މަހު އިންތިހާބު ބޭއްވު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ސާލިޙް ބޭނުންފުޅުވީ ޑިސެންބަރު މަހު އިންތިހާބަށް އިއުލާނު ކުރުމަށް ފަހު ކެމްޕެއިންނަށް އެއްމަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ މަހުގެ 15 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެން ކަމުން އޭނާ އިންތިހާބަށް އިއުލާން ކުރީ ރައީސް ސާލިޙްއާއި ރައީސް ނަޝީދު ދެއްވި ތާރީޙުގެ ތެރެއިން މެދު މިނެއްގެ ތާރީހެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންތިހާބަށް މިހާރު އިއުލާނު ކޮށްފައިވާ ތާރީހަކީ ރައީސް ނަޝީދާއި ރައީސް ސާލިޙްއަށް އެންގެމަށް ފަހު އިއުލާނު ކޮށްފައިވާ ތާރީހެއް ކަމަށާއި އެކަން ކޮށްފައި ވާނީ ދެ ކެނޑިޑޭޓުންނަށް ވެސް އިންސާފުވެރި ހަމަހަމަ ފުރުސަތު ލިބޭނެ ގޮތަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ އިންތިހާބަށް އިއުލާނު ކުުރުމުގެ ކުރިން ތާއިދު ފޯމު ރައީސް ނަޝީދާއި ، ރައީސް ސާލިޙްއާއި ވެސް ހިއްސާ ކުރެއްވި ކަމަށާއި ދެ ކަނޑިޑޭޓުންނަށް އިންސާފުވެރި ހަމަހަމަ ފުރުސަތުތަކެއް ނެލިބޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕާޓީގެ ރިޔާސީ ޕްރައިނެރީ އަންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. ރިޔާސީ ޕްރައިނެރީގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި ރައީސް މުހައްމަދު ނަޝީދުއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: