ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔަޅެއް ފޭރާން ބަދަލުކުރިޔަސް ހަމަ ވާނީ ހިޔަޅަކަށް: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔަޅެއް ފޭރާން ބަދަލުކުރިޔަސް ހަމަ ވާނީ ހިޔަޅަކަށް ކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް ވިދާޅުވި ގޮތުގައި ސިޔާސީ ބޭނުމަށް ހިތާމަތަކާއި ސުނާމީ ކާރިޘާ ފަދަ ކަންކަން ބޭނުން ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ޑރ ޖަމީލް ވިދާާޅުވެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރާ އަނިޔާ ތަކުން ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މިޒާޖު އެނގޭ ކަމަށެވެ.

ދިވެހި ރާއްޖެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި ގުޅިގެން ފާހަގަކުރި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގައި ރައީސް ސާލިހު ކީރިތި ކުރެއްވީ ސިޔާސީ ބޭނުމަކަށް ކަމުގައި ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން އަށް ކުރި 11 އަހަރުގެ ޖަލު ހުކުމަކީ އެމަނިކުފާނަށް ދީފައިވާ އަނިޔާއެއްގެ ގޮތުގައި ޖަމީލް ވަނީ ސިފަކުރައްވާފައެވެ. އަދި އެހުކުމަކީ ހަރާމް ހުކުމެއް ކަމަށާއި އެހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވެސް ޑރ ޖަމީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކުރީގެ ރައީސް ނަޝީދު ވެސް ރައީސް ސާލިހު އާއި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމާއެކު އެމަސައްކަތުގައި ރައީސް ނަޝީދަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތި ކުރުވާ ކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ބުނެފައެވެ.  އޭގެ ތެރޭގައި އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުން ޕާޓީ އިން ވަކި ކުރުމާއި ރައީސް ނަޝީދަށް ތާއީދު ކުރާ ޕާޓީގެ މެމްބަރުން ދަފްތަރުން އުނިކޮށްފައިވާ ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ހިޔަޅެއް ފޭރާން ބަދަލުކުރިޔަސް ހަމަ ވާނީ ހިޔަޅަކަށް ކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

    ވަރަށްވެސްބޮޑު ތެދުފުޅެއް، މަނިކުފާނުގެ ދޫފުޅުން މީގެކުރިން ރ.ޔާމީނުގެ ވައްކަމާ ހިޔާނާތާ ކޮރަޕްޝަން ރައްޔިތުންނަށްކިޔައިދެމުން ވިދާޅުވިގޮތުގައި ރ.ޔާމީނަށް ހައްޤީ ޖަލުގެކުޑަގޮޅިކަމައް ވިދާޅުވެފައިވޭ، މިހެންކަމުން މަނިކުފާނު ހިޔަޅަކަށްވެގެން ރ.ޔާމީންގެ ވަކީލަކަށްވެ އެމަނިކުފާނު ޖަލުގެ ކުޑަގޮޅިއަށްތިފޮނުވާލީ ހިޔަޅުގިތައް ފޭރާންބަދަލުކޮށްގެންދެއްތޯ

  2. ޖަމީލުއަކީވެސް ބޮޑުހިޔަޅެއް މީހުންގެ މުދާ ހަސްބުން ފޭރިގައްނަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: