ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަހާ ބެރާއި ލަވަ ދިމާނުވަންޏާ ތިލަފަތް ސޮއްސާލާނެ: ޝާހިދު

ހއ ދިއްދޫގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަހާ ބެރާއި ލަވަ ދިމާނުވާނަމަ އެމްޑީޕީގެ ތިލަފަތް ސޮއްސާލާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕޭންގެ ތެރެެއިން ހއ ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމްއެއްގައި ހުރެގެން ވާހަކަދައްކަން ފަށާއިރު ފުރަތަމަވެސް ކުރެވޭ އިހުސަސްއަކީ އޭނާގެ ފަހަތުގައި ހުރި ތިލަފަތުގެ ހަމަހަމަކަންކަމުގެ އިހުސާސްކަމަށެވެ. އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު، އެންމެ މަގުބޫލު، އެންމެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ޕާޓީއަށް ވެގެންދިޔައީ، އެ ތިލަފަތުން ރަމްޒުކޮށްދޭ ޝުއޫރު ރައްޔިތުންގެ ހިތްތަކުގައި އަށަގަންނުވައިގެންކަމަށެވެ.

އަޅުގަނޑު މި ޕޯޑިއަމްގައި ހުއްޓި ވާހަކަދައްކަން ފަށާއިރު، އަޅުގަނޑުގެ ހިތުގައި ޖަހާ ވިންދަކީ މި ތިލަފަތް ރަމްޒްކޮށްދެނީ އެންމެންގެ ހަމަހަމަކަން

އެމްޑީޕީގެ ތިލަފަތް ރަމްޒުކޮށްދެނީ އެންމެގެ ހަމަހަމަކަންކަމަށާއި، ކުދި އަދި ބޮޑޫ ރަށެއް ނުބަލައި، ވަކި ކުލައެއް ތަފާތުނުކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މެދުގައި ސުލްހަވެރިކަމާއި އަމާންކަން ގާއުމްކޮށްދިނުމަށެވެ.

އެބޭފުޅުން ވެރިކަމަށް އައީ ޖަޒީރާ ރާއްޖޭގެ ވާހަކަދައްކައިގެންކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ، ނަމަވެސް މިއަދު ކުއްލިއަކާށް ބެރާއި ލަވައާއި ބަދަލުވެއްޖެކަމަށެވެ. ޖަހާ ބެރާއި ކިޔާ ލަވަވެސް ދިމާނުވާކަމަށާއި، މިފަދައިން ކަންކަން ހިގަނީނަމަ ތިލަފަތް އެއް އަތަަކަށް ސޮއްސާލާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ސުވާލުއުފެއްދެވީ އެމްޑީޕީގެ އަސާސްއަކާއި ހިލާފަށް މި ސަރުކާރު ކޮށްފައި އޮތީ ކޮންކަމެއްކަމާއިމެދުގައެވެ.

ހޯރަފުށީ ރައްޔިތުން ނިކުމެ ރައީސުލްޖުމްހުރިއްޔާއަށް އެ ދެންނެވީ ނިމިއްޖެ ނިމިއްޖެ ނިމިއްޖެ. މިވެނިކަމެއް، މިވެނި މަޝްރޫއުއެއް، މިވެނި ޕްރޮޖެކްޓެއް، މިވެނިކަމެއް ތިމަންމެން މަނިކުފާނަށް ދެންނެވި ގޮތަށް ނިންމަވާ ދެއްވައިފިޔޭ، ނިންމަވާދެއްވައިފިޔޭ، ނިމިއްޖޭ ނިމިއްޖޭ ނިމިއްޖެ. އެ ރަށުގައި ބައްދަލުކުރެއްވި އެ ދާއިރާގެ އެހެން ރަށްރަށުގެ ޓިމުތަކާއި، ހަމަ އެ ވާހަކަ

ރައީސް ސާލިހު ހޯރަފުށިއަށްކުރެއްވި ދަތުރުގައި އެ ރަށުގެ ރައްޔިތުންގެ ރައީސް ސާލިހަށް ދެންނެވި ވާހަކައަކީ މަޝްރޫއުތައް ނިމިފައިވާކަމުގެ ވާހަކަންކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު އެއްސެވީ މިކަންތައްތައް ބައެއް ޞޭފުޅުންނަށް ނުފެންނަނީ ކީއްވެގެންތޯއެވެ.

ބިމު އަޑިގައި ވަޅުލާފައި ހުރި ހޮޅިތައް ނުފެނިދާނެކަމަށާއި، ނަމަވެސް މައްޗަށް އަރާ އިމާރާތްތަކާއި، އިންޖީނުގެތަކާއި އަދި ސުކޫލުތަކާއި މިކަންތައްތަކަކީ ލޮލަށް ފެންނަ ހުރި ކަންތައްތައްކަމަށް ޝާހިދު ވިދާޅުވިއެވެ.

އަޅުގަނޑު އިން މަޖިލީހެއްގައޭ މިއަދު ކުޑަ ރަށެއްގެ ރައޔްިތަކު ވިދާޅުވީ ތިމަންނަމެން ރަށަށް އެކަނި މި ސަރުކާރު 49 މިލިއަން ރުފިޔާ ހަރަދުކޮށްފިޔޭ. އެކަމު އެ ރަށަށްވެސް ބައެއް ބޭފުޅުން ވަޑައިގެން އެބަ ވިދާޅުވޭ ކޮބާ މިތާ ކަމެއްވެފަ ނެތެނުންހޭ. އަޖައިބެއްނޫންތޯ؟

ޝާހިދު ވިދާޅުވީ، މި ފަސް އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ސާފް ބޯފެން ނުލިބު ނުހުންނާނެ ކަމަށެވެ. އަދި ނަރުދަމާ ހިދުމަތް ނުލިބޭ ރަށެއް ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަންކަން މި ދައުރުގެ ތެރޭގައި ރައީސް ސާލިހު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން ޝަހިދު ވިދާޅުވީ، އެ ދުވަހުން ތަރައްގީގެ ވާހަކަދައްކާނީ ތާހިރުވެ ތިބެކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ނައްތައިލުމަށް ރިހަބެއް ގާއިމުކުރުމުގެ ބަދަލުގައިޮ، ރައީސް ސާލިހު ހއ ދިއްދޫގައި އަޅުއްވައިދެއްވަނީ ކޮލެޖެއްކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވި ގޮތުގައި އެކަމުގެ މަގްސަދަކީ ޝަރަފުވެރި ތައުލީމީ ޖީލެއް ބިނާކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: