ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސް އަކާއި ގއ ގެމަނަފުށީގައި އައިސްޕްލާންޓެއްގާއިމްކުރުމަށް ހަމަޖެހިއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިރޭ ހދ ހަނިމާދޫގައެވެ.

މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއްވެސް ޤާއިމުކުރެވޭނެއެވެ. އަދި ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިންގ ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެއެވެ. އަދި މަސްވެރިން ބާނާ މަސް ކިރުމުގައި ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ވަސީލަތްތައް ޤާއިމްކުރެވޭނީ އެ ވަސީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދެއްގައެވެ. މިދެންނެވި ބިމާއެކު މުޅިން އަލަށް އެކްސްޕޯޓްޖެޓީއަކާއި، މަސްކިރާޖެޓީއެއްގެ އިތުރުން ފެލިވަރުގެ ޢާއްމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މިދެންނެވި މަސައްކަތްތަކުގެ %85 ވަނީ ނިމިފައެވެ.

މީގެ އިތުރުން ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި މަޝްރޫޢުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގއ ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމްކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިން ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެއެވެ. އަދި މަސްވެރިން ބާނާ މަސް ކިރުމުގައި ކުރިމަވުން އަންނަ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ،

މިފްކޯއިން ބުނި ގޮތުގައި މި މަޝްރޫއުތަކާއެކު އެކުންފުނިން ގަންނަ މަހުގެ ބޮޑު ބައެއް ވެލިއު އެޑްކޮށްގެން އެކްސްޕޯޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: