ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ގައުމު: ޝާހިދު

ހަނިމާދޫ އެއާޕޯޓު މަޝްރޫއު ފެއްޓުމުގެ ރަސްމިއްޔާތުގައި ފޮރީން މިނިސްޓަރު އަބްދުﷲ ޝަހިދު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ގައުމުކަމަށް ފޮރީން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި ފެށޭ މަޝްރޫއަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއްކަމަށެވެ. މި ހުވަފެނުގައި ހަގީގީ ކުލަ ޖައްސަވައިދެއްވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުކަމަށް ޝާހިދު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން އުތުރު ރަށްތަކަށް ލަސްތަކެއްނުވެ ފެތުރިގެންދާނީ އިގްތިސާދީ އާރޯކަމާއި، ހަލުވި ތަރައްގީކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ މިކަމުން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެކަމަށެވެ.

މިއީ އިންޑިއާގެ އެހީއާއިއެކު ރާއްޖޭގެ ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ގައުމުކަމަށާއި، އަދިވެސް ތިބީ އެގޮތުގެ މަތީގައިކަމަށެވެ. ޝާހިދު ވިދާޅުވީ މި މަޝްރޫއުއިން ރަމްޒު ކޮށްދެނީ އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށް އަހައްމިއްޔަތުކަން ދޭ މިންވަރުކަމަށެވެ.

އިންޑިއާއިން ހަމަޖައްސަ ވާދެއްވާފައިވާ ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 173.4 މިލިއަން ޑޮލަރަކީ ހިލޭ އެހީ

ރާއްޖޭގެ އުމުރާނީ ތަރައްގީގެ ކުރިއެރުމަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގައި އާއި އަދި މިއަދާއި ހަމައަށްވެސް އިންޑީއާގެ ސަރުކާރުން ދަނީ ކެނޑިނޭޅި ގިނަ އެހީތަކެއް ވެދެއްވަމުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ވެދީފައިވާ ހިލޭ އެހީ އާއި އަދި ލޯނުގެ އެހީއާއިއެކު އެބޭފުޅުން އެ ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދު ރާއްޖެތެރޭގެ އެކި ރަށް ރަށުގައި ރަށްވެހީންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ތަފާތު ދާއިރާތަކުން މަޝްރޫއުތައް ހިންގެމުން އަންނަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ހަނިމާދޫ އެއާޕޯޓަކީ، ބައިނަލްއަގުވާމީ އެއާޕޯޓެއް ނަމަވެސް ވަރަށް ގިނަ ހިދުމަތްތައް ހަރުދަނާ ކުރަންޖެހިފައިވާކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، މި އެއާޕޯޓުން ލިބެން ޖެހޭ ހިދުމަތްތައް އެންމެ އެކަށޭނެ ގޮތެއްގައި ލިބިފައި ނުވުމުގެ ސަބަބުން އެ ސަރަހައްދުގައި ތަރައްގީގެ ކަންތައްތައް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައިކަމަށެވެ.

ހަނިމާ ދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ މި ސަރަހައްދަށް ވަރަށް މުހިންމު އެއާޕޯޓެއް، މި ސަރަހައްދަކީ މިހާރުވެސް ބައިނަލްއަގުވާމީ އެއާޕޯޓެއްކަމުގައިވިއަސް ވަރަށް ގިނަ ހިދުމަތްތައް ހަރުދަނާ ކުރަންޖެހިފައިވާ އެއާޕޯޓެއް

ނަމަވެސް މިހާރު ފެށޭ މަޝްރޫއުއާއިއެކު މިކަމަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ.

މި ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރާނެކަން ސާފުކޮށް ފެންނަކަމަށާއި، އަދި ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެ، އެތަކެއް އާއިލާތަކަަށް މަންފާ ލިބޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިކުރުވާ، ލާމަރުކަޒީ އުސޫލު ހިންގުމަކީ ރައީސް ސާލިހުގެ ވެރިކަމުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، މިއަދު ފެނިގެންދަނީ އެ އަމާޒަށް ވާޒިލުވުމަށް އެމަނިކުފާނުކުރައްވާ ބުރަ މަސައްކަތުގެ ސާފު ދަލީލީ ހެކިކަމަށެވެ.

ރޭ ބޭއްވުނު ރަސްމިއްޔާތުގައި ފެލިވަރު ކޯލްޑް ސްޓޯރޭޖް ތަރައްގީކުރުމަށް ސޮއިކުރި މަޝްރޫއުކީވެސް މި ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއުކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: