ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯމާ ދުވާލު ވައްކަން ކުރާއިރުވެސް އޭސީސީ އޮތީ ހިމޭނުން ނިދާފަ: ޝީޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯމާ ދުވާލު ވައްކަން ކުރާއިރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ ހިމޭނުން ނިދާފައިކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ފަރާތުން އޭސީސީ އަށް ވަޑައިގަތުމަށްފަހު، މައުލޫމާތުދެއްވި ގޮތުގައި ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން، އިތުރު 3 މެންބަރުންނާއިއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ގިނަ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ޝިޔާމް ވިދާޅުވީ އުފެދިފައި ހުރި ވަރަށް ގިނަ ސުވާލުތައް އިދިކޮޅުން އޭސީސީއާއި ކުރިކަމަށެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަޅައަޅާފައިވާތީ އެކަމަށް އަމާޒުކޮށް ސުވާލުތަކެއް ކުރެވުނުކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. އެގޮތުން އިންތިހާބުތަކާއި ގުޅުވައި ސަރުކާރުގެ ފައިސާ އާއި، ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރަމުންގެންދާތީ އެވާހަތައް ފާހަގަކުރަމުން ގެންދިޔަ ނަމަވެސް، އެކަމާއި މެދު އޭސީސީއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަމާއި ގުޅޭ ގޮތުން ކޮމިޝަނާއި ސުވާލުކުރިންކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތަކުގައިވެސް މިކަންކަން ތަކުރާރުވެގެންދާކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ސަރުކާރުގެ ފައިސާއާއި ވަސީލަތްތައްވެސް މި އިންތިހާބުގައި ބޭނުންކުރަމުންގެންދާކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން ކޮންޓްރެކްޓް އުސޫލަށް ބައިވަރު ވަޒީފާތައްވެސް މި އިންތިހާބާއި ދިމާކޮށް ދެމުން އެބަގެންދާކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކުން ދީފައިވާ ވަޒީފާތައް އޭނާ ފާހަގަކުރެއްވިއެވެ.

އެވަގުތު ނާޖާއިޒް ފައިދާ ނެގުމަށްޓަކައި، އޮފީސްތަކުގައި ހުންނަ ސްޓްރަކްޗަރާއި ހިލާފަށް މުވައްޒަފުން މި ނަގަނީ. ވަކިން ހާއްސަކޮށް އަޅުގަނޑުމެންނަށް އެބަ ފެނޭ ރައީސުލްޖުމްހުރިއްޔާ ސިޔާސީ މަޣާމުތައް އިންތިހާއަށް އުފައްދާތަން.

ޝިޔާމް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހުރިހާ ގޮތަކަށް މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވާ މަންޒަރު ފެންނަކަމަށެވެ. ދިވެހި ރައްޔިތުން ތިބީ ވަރަށް ހާލުގައިކަމަށާއި، ލިބޭ މުސާރަވެސް ކުޑަކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިފަދަ ހާލުގައި ރައްޔިތުން ތިބިއިރު، ސިޔާސީ މަންފާއަށް ދައުލަތުގެ މުދަލާއި، ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ދައުލަތުގެ ދަރަނިވެސް އިންތިހާއަށް ބޮޑުވަމުންދާކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ އަންނަ އޮތް ޖީލުތަކަށް އިޔާދަނުކުރެވޭ ވަރަށް ގައުމުގެ ދަރަނި ބޮޑުވެއްޖެކަމަށެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެންވެސް ދިވެހިރާއްޖެއަށް ހިލޭ އެހީއާއި އިތުރު ގޮތް ގޮތުންވެސް އެހީ ލިބުނުކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ނަމަވެސް ބަލިން ރައްކާތެރިވުމަށްޓަކައި އަޅާނެ މާސްކްވެސް ސަރުކާރަށް ރައްޔިތުންނަށްޓަކަލައި ފޯރުކޮށްނުދެވުނުކަމަށެވެ. އަދި އޭނާ ވާހަކަ ކުރިއަށްގެންދެވީ އޭރު ލިބުން ފައިސާތައްވެސް ބޭނުންކުރީ ނަހަމަގޮތުގައިކަމަށް ވިދާޅުވާފަދަ މޭރުމަކުންނެވެ.

މިއީ ޑިޖިޓަލް ޒާމަނެއް އިގޭތޯ! އަޅުގަނޑުމެްނަނަށް އެ ފެންނަނީ މިވެނި އޮފީހަކުން މިވެނި ވަރަކަށް ވައްކަ ވައްކަމުގެ ވާހަކަތައް ރޯމާ ދުވާލު ކުރަމުންދާއިރުވެސް، އަދި އެވާހަކަތައް އިވެމުންދާއިރުވެސް، އޭސީސީގެ ދައުރެއް، ވާހަކައަކީ އޭސީސީއިން އިސްނަގައިގެން ކަމެއް ނުކުރާ ނުކުރުން މިއީ ހަމަ އަޅުގަނޑުމެން ތަކުރާރުކުރި ވާހަކައެއް

މިފަދައިން ގައުމުގެ ހާލަތު އޮތްއިރު، އޭސީސީއިން އިން ހަމައެކަނި މައްސަލައެއް ބަލަނީ މީހަކު މައްސަލަ ޖެއްސީމައިކަމަށާއި، ރޯމާ ދުވާލު ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ސަރުކާރުން ހިންގަމުންދާއިރު އޭސީސީއިން އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަތައް ނުބަލާކަމަށް ޝީޔާމް ވިދާޅުވިއެވެ. މިކަމުގެ ރައްދުގައި އޭސީސިއިން ބަލާ ހުރިހާ މައްސަލަތައް ޕަބްލިކަށް ނާންގާކަމަށް ކޮމިޝަނުން ބުނާކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ، ޕަބްލިކްގެ ބޮޑެތި ކަންބޮޑުވުންތައް ހުރި މައްސަލަތައް ކޮމިޝަނުން ބަލާކަމުގައިވަނީނަމަ އެކަމުގެ މައުލޫމާތު ޕަބްލިކަށް ލިބެންޖެހޭނެކަމަށެވެ.

މި ސަރުކާރުން ހަމައެކަނި ވަނީ ފައިސާގެ ހިޔާނާތް ނޫންކަމަށް ވިދާޅުވެ ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ދަނީ ސިޔާދަތީ ހިޔާނާތްވެސް ވަމުންނެވެ. އެގޮތުން އޭނާ އިޝާރާތްކުރެއްވީ ޗާގޯސްގެ މައްސަލައަށެވެ. އަދި ވިދާޅުވީ ގައުމުގެ ބައެއް ބޭރުގެ ބަޔަކަށް ދިނުމަށް އެއްބަސްވީއިރުވެސް އޭސީސީ އޮތީ ހިމޭނުންކަމަށެވެ. އިންޑިއާއިއެކު މި ސަރުކާރުން އެކުލަވާލި އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ ބިންތައްވެސް ގެއްލިގެން އެބަދާކަމަށާއި، ނަމަވެސް އޭސީސީ އޮތީ ނިދާފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: