ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލޯގޯއެއް ނެތް، ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ވަކި ފޯމުތައް ފުރުން ކުރިޔަށް!

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހައްދަވައި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރިޔަށް ގެންދަވާ ފިކުރެއްގެ ދިރުން ހަރަކާތްތައް އިތުރަށް ފުޅާކޮށް އޮންލައިން ފޯމުތައް ފުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.

މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކޮށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ފަހު ބަލި ގަބޫލު ކުރުމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު އެދުނީ ޕާޓީގައި އަމިއްލަ ހަރަކާތްތައް ހިންގުމުގެ ފުރުސަތަކަށެވެ. އަދި ޕާޓީގެ އާއްމު މެމްބަރުން ބޭނުންވާ ގޮތަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭ ގުރޫޕަކަށް މެސެޖެއް ފޮނުވައި ރައީސް ނަޝިދު ވިދާޅުވީ ޕްރައިމެރީގެ ކެމްޕެއިނަށް ބޭނުން ކުރެއްވި ކެމްޕެއިން ސްލޯގަން ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތައް އުފައްދައި، ހަރަކާތާއި ގުޅޭ މެމްބަރުންނާއި އެކު ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓާއި މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަ ކުރާނެ ކެނޑިޑޭޓު ކަނޑައެޅީ، ގިނަ މެމްބަރުންގެ ބަހެއް ނެތިކަމަށް ވުމާއި އެކު އެ މެމްބަރުން ޕާޓީއާއި އަލުން ގުޅުމަށް ޖާގަ ދޭން އެމަނިކުފާނު ގޮވާލި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ޕާޓީން ވަކި ކުރި 39،000 މެމްބަރުން ހިމެނޭ ހެން އިތުރު އިންތިހާބަކަށް ގޮސް ކެނޑިޑޭޓާއި މެދު ގޮތެއް ނިންމަން ޖެހެ އެވެ.

ރައީސް ސޯލިހާއި އެކު އެމްޑީޕީއަށް ކާމިޔާބެއް ލިބޭނެ މަގެއް އޮތްކަމަށް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ. ރައީސް ސޯލިހަށް 2023 ކާމިޔާބު ނުކުރެވޭނެކަމަށް ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމުން ކެނޑިޑޭޓަށް ތާއީދު ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އެދޭ ގޮތަށް ”ފިކުރެއްގެ ދިރުން“ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޖާގަ ދޭ އެއްވެސް މަސައްކަތެއް ނުހުއްޓުވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ޕާޓީގެ ގައުމީ މަޖިލީހަށް އެ މަސައްކަތާއި ބެހޭ ކުރު މެސެޖެއް ފޮނުވުމަށް ފަހު ކެމްޕެއިން ޓީމާއި ސަޕޯޓަރުންނާއި ބައްދަލުކޮށް ތަފްސީލު ދީފަ އެވެ. އަދި ވިދާޅުވީ، އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމަށާއި ޕާޓީގެ އެތެރޭގައި އުފައްދާ ”ފިކުރެއްގެ ދިރުން“ ގެ ގޮތްޕާއި ގިނަ އަދަދެއްގެ ބަޔަކު ގުޅޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ޕާޓީގެ އަސާސްތަކާއި، ސުލޫކުތަކާއި ހިލާފުވާން އެއްވެސް ޖާގައެއް ނުދެވޭނެ ކަމަށެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންތައް ދަނީ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ފަހު އެ މީހަކަށް ތާއީދު ކުރަން ޖެހޭނެކަމަށް އަސާސީ ގަވައިދުގައި ބުނާ މާއްދާ ޓުވީޓު ކުރަމުންކަން ފާހަގަ ކުރެވެ އެވެ.

މަސައްކަތް ނުހުއްޓުވޭނެކަމަށް ވިދާޅުވެ، ރައީސް ނަޝީދާއި އަރިސް މެމްބަރުން ވެސް ގެންދަވަނީ ފޯމުތައް ފުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އޮންލައިންކޮށް ވެސް ބައެއް ފޯމުތައް ފުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފު ކަމެކެވެ. ފިކުރެއްގެ ދިރުން ޓީމުން ހިއްސާކޮށްފައި ވާ އޮންލައިން ފޯމުން ދައްކާ ގޮތުގައި ފޯމުގެ އެންމެ މަތީގައި ބޮޑު އަކުރުން ފިކުރެއްގެ ދިރުން ލިޔެފައި ވެއެވެ. އަދި ފޯމުގައި އެ މީހެއްގެ އައިޑީ ކާޑު ނަމްބަރާއި، ޕާސްޕޯޓު ސައިޒު ފޮޓޮއެއް، އަދި މިހާރު ދިރިއުޅޭ އެޑްެރެހާއި ދާއިމީ އެޑްރެެސް ހިމަނަން ޖެހެ އެވެ. ފޯމާއި އެކު އައިޑީކާޑުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ.

އެ ޓީމުން ނިންމާފައި ވަނީ، ޕްރައިމެރީގެ ކެމްޕެއިންތައް ކުރިޔަށް ގެންދިޔަ ގ. ބޮޑުފެންފަޅުގޭގައި އެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށެވެ. އަދި މި ހަރަކާތްތައް ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން 22:00 އާއި ހަމައަށް އޮފީސް ހުޅުވާފައި ހުންނާނެކަމަށް ޓީމުން ވަނީ ހާމަކޮށްފަ އެވެ. އެތަނުގައި ޕާޓީއަށް އަލަށް ވަންނަ މެމްބަރުންނަށް ފޯމު ދޫކުރުމާއި ފިކުރެއްގެ ދިރުން ޓީމާއި ގުޅުމުގެ ފުރުސަތު އޮންނާނެކަމަށް ޓީމުން ބުނެފައި ވެއެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު، ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާތައް ވެސް ފެށިފައިވާއިރު ރައީސާއި އަރިސް މެމްބަރުންނާއި ރައީސް ނަޝީދުގެ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. އަދި ހާއްސަކޮށް 07 އާއި 08 ފެބްރުއަރީގައި ހިނގި ހާދިސާތަކާއި ގުޅޭގޮތުން ބަހުސްތަކެއް މި ދެ ދުވަހު މަޖިލީހުގައި ދިޔަ އެވެ.

މީގެއިތުރުން ރައީސް ނަޝީދާއި ގުޅުވައި ބައެއް މެމްބަރުން ފާޑުވިދާޅުވި އެވެ. އެމްޑީޕީ ދޫކޮށް ގޮސްދާނަން ތޯ އަމާޒުވާ ސުވާލަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ފިކުރެއްގެ ދިރުން ގޮތްޕެއް ހަދައި ހިންގުން އެއީ ދޫކޮށްލަން ޖެހޭ ވިސްނުމެއްކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް ވަނީ ރައީސް ނަޝީދަށް ގޮވާލާފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ހިންގާ ގަވައިދުގެ ދަށުން، އެ މަސައްކަތަށް އެއްވެސް ހުރަހެއް ނެތެވެ. އެހެންކަމުން، އެ ގޮފި ހެދުން ހުއްޓުވޭނެ ގޮތެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: