ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތެއް ފެބްރުއަރީ އާއި ގުޅުވައި ހަގީގަތް އޮޅޭ ގޮތަށް އެމްޑީޕީ މެމްބަރުން ވާހަކަ ދެއްކި، ސަބަބެއް ނޭނގޭ: ނަޝީދު

ޕްރައިމެރީގެ ކެމްޕެއިން ޓީމާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު/ ފޮޓޯ: ދައުރު - އިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން ބަދަލުވެގެން އައި ގޮތާއި ގުޅޭގޮތުން، ޕާޓީގެ ބައެއް މެމްބަރުންނާއި މަޖިލީސް މެމްބަރުން ވާހަކަ ދައްކަވަމުން ގެންދަވަނީ ހަގީގަތް އޮޅޭ ގޮތަކަށްކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ޕްރައިމެރީގެ ނަތީޖާއާއި އެކު ޕާޓީގެ އެތެރޭގެ ހާލަތު ވެސް ގޯސްވެފައި ވަނިކޮށް ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ހަތެއް ފެބްރުއަރީ އާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ނަޝީދާއި ދެކޮޅު މެމްބަރުން އެންމެ ބޮޑަށް އެމަނިކުފާނަށް ފާޑުކިއުން އަމާޒު ކުރީ އެ ދުވަހާއި ގުޅުވަ އެވެ. އަދި އެއީ ރައީސް ނަޝީދު ހާލަތަށް ބޭނުން ނުވާ ވަރުގެ ރިއެކްޓެއް ކުރުމުގެ ސަބަބުން ޕާޓީއަށް ޖެހުނު ހާލަތެއްގެ ގޮތުގައި ބައެއް މެމްބަރުން ސިފަ ކުރި އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދާއި ވަރަށް އަރިސް މެމްބަރުން ވެސް ހިމެނެ އެވެ.

ބައެއް މެމްބަރުން އަނެއްކާ ވެސް ހަތެއް ފެބްރުއަރީގެ މައުޟޫއު ނެންގެވުމުގެ ސަބަބުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބަދުނާމު ވާ ގޮތަށް ބައެއް މެމްބަރުން ވާހަކަ ދައްކަވާފައި ވާ ކަމަށެވެ. މިއަދު އެންމެ ފުރަތަމަ އެ ވާހަކަ ދެއްކެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރެވެ. އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް ރައީސް ނަޝީދު ރިޔާސަތުގައި އިންނަވަނިކޮށް އާދަމް ޝަރީފް ވަނީ އެމްޑީޕީން ބުނާ ބަޣާވާތް ހިނގި ގޮތުގެ މައްޗަށް އެކުލަވާލި ކޯނީ ރިޕޯޓުގެ ސައްހަކަމާއި މެދު ސުވާލު އުފައްދަވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބައެއް މެމްބަރުން އެމަނިކުފާނާއި ދެކޮޅަށް ހަތެއް ފެބްރުއަރީގެ ވާހަކަ ދައްކަވަނީ އެގޮތަށް މެމްބަރުންނަށް ފެންނާތީ ކަމަށެވެ. ފެބްރުއަރީ ހަތެއްގެ ވާހަކަ މެމްބަރުން ދައްކަވަނީ، ވާހަކައިގެ ތެދާއި ދޮގު އޮޅޭ މިންވަރަކަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ އަމަލުތަކާއި މެދު ހިތާމަ ކުރައްވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: