ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބަސްވުމާއި ހިލާފުވެއްޖެ ނަމަ، ދައުލަތަށް ގެއްލުމުގެ ބަދަލު ދޭން ކޮންޓްރެކްޓުގައި ހިމަނަން ޖެހޭ: މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމު، މަޖިލިސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްބަސްވުމާއި ހިލާފުވެއްޖެ ނަމަ، ކުންފުނިތަކުން ވެސް ވަކި އަދަދެއް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދޭން ޖެހޭ ގޮތަށް ކޮންޓްރެކްޓުތައް އެކުލަވާލާއިރު ހިމަނަން ޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އެއްބަސްވުމުގައި މަސައްކަތްތަކާއި ބެހޭ ތަފްސީލުތައް ހިމަނާފައި އޮންނައިރު، ކޮންޓްރެކްޓާއި ބެހޭ ގާނޫނަކީ ވަރަށް ގިނަ މާއްދާތަކެއް އެކުލެވޭ ގާނޫނެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑެ) މިއަދުގެ މަޖިލީހުގައި ފާހަގަ ކުރެއްވި އެވެ. އަހަރުތަކެއް ވަންދެން މަސައްކަތްތަކެއް ނުކުރެވި އޮތުމުގެ ސަބަބުން، އެ އުވާލުމުން ދައުލަތުން ބަދަލު ހޯދަން އެ ކުންފުންޏަކުން ހުށަހަޅާނަމަ އެބަޔަކު ވެސް ދިވެހި ދައުލަތަށް ދޭން ޖެހޭ ބަދަލެއް އޮންނާނެކަމަށް ބޮންޑެ ވިދާޅުވި އެވެ.

ބަދަލު ދިނުމާއި ބެހޭ ގޮތުން، މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ދާއިރާއަކީ ފަތުރުވެރިކަމަށްވާއިރު ހިދުމަތް ދިނުމަށް ދޫކުރާ އެތައް ރަށެއް ހުރީ ތަރައްގީ ނުކުރެވިކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށް ނުގެންގޮސް ހުރުމުގެ ސަބަބުން އެއްބަސްވުން ބާތިލު ކުރުމާއި އެކު އެބަޔަކު މައްސަލަ ކޯޓަށް ވެއްދުމުގެ ސަބަބުން ދައުލަތުގެ ފައިސާއިން އެ ކުންފުންޏަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދޭން ޖެހިފައިވާކަމަށް މައުސޫމް ވިދާޅުވި އެވެ.

”އެހެންވީމަ އެ ތަންތަނަށް، އެ އެގްރިމަންޓުގަ ދެން ހުރިބައިން.. ދައުލަތަށް އެއްޗެއް ހޯދައި ދޭން ޖެހޭ.. އަޅުގަނޑު ވިސްނާފައި އޮތްކަމެއް އެއީ.. އަޅުގަނޑުމެންނަށް ލިކުއިޑޭޓް ޑެމޭޖަސް ހޯދޭ ތޯ މަސައްކަތް ކުރުން.. އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން.. އެއީ އެ ތަނެއް ނުހެދި އޮތީމައި ދައުލަތަށް ލިބެން ޖެހޭ އެއްޗެއް ވެސް އެއްބަ ގެއްލޭ.. ރިސޯޓެއް ނުހެދި އޮތީމައި“ މިނިސްޓަރ

މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ދޫކުރާ ރަށެއް ތަރައްގީ ނުވެ އަހަރުތަކެއް ދިގުލައިގެން ދިއުމަކީ ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ވެސް ގެއްލުން ކަމަށެވެ. އެހެންކަމުން، އެފަދަ ގެއްލުމުގެ ބަދަލު ހޯދުމުގެ ވިސްނުން އެބަހުރިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން އެ ކުންފުންޏަކުން މައްސަލަ ހިފައިގެން ކޯޓަށް ގޮސް ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އޭގެ ސަބަބުން ދިވެހި ދައުލަތަށް ލިބުނު ގެއްލުން މާ ބޮޑު ކަމަށެވެ.

އެ ތަނަކުން ލިބެން ޖެހޭ ޓެކްސް ނުލިބި ލަސްވުމާއި، ވަޒީފާތަކުގެ ދަތިކަން އަދި އެއާޕޯޓުތައް ތަރައްގީ ކުރާއިރު އެއާއި އެއްވަރަށް ރިސޯޓުތައް ނުހުރުން މައުސޫމް ފާހަގަކުރެއްވި އެވެ.

”އެހެންވީމަ މިކަމާއި މެދު ވިސްނާފައި ލިކުއިޑޭޓް ޑެމޭޖަސް ހޯދަން.. އެބައި ކޮންޓްރެކްޓުގައި ހިމެނުން ވަރަށް މުހިންމު“ މިނިސްޓަރ

ލިކުއިޑޭޓެޑް ޑެމޭޖްސް ނުވަތަ ލިކުއިޑޭޓެޑް އެންޑް އެސްސެރޓެއިންޑް ޑެމޭޖްސް އަކީ ވަކި އުސޫލާ ހިލާފުވުމަކުން ބަދަލުގެ ގޮތުގައި ދައުލަތަށް، ނުވަތަ އެއްބަސްވުން އެކުލަވާލާ ފަރާތަށް އެ އެއްބަސްވުން އެކުލަވާލުމުގެ ތެރޭގައި ކަނޑައަޅާ ގެއްލުމުގެ ބަދަލު ދިނުމުގެ އުސޫލެއް ނުވަތަ އަދަދެވެ. އަދި ލިކުއިޑޭޓެޑް ޑެމޭޖްސް އެއްބަސްވުންތަކުގައި ހިމަނަނީ އެހެން ގޮތަކަށް ކަނޑައަޅަން އުނދަގޫ ގެއްލުންތަކުގެ އަންދާޒާއެއްގެ ގޮތުގައެވެ. އެއީ އެއް ޕާޓީއަކުން އެއްބަސްވުމާއި ހިލާފުވެއްޖެ ނަމަ ކަނޑައެޅިފައިވާ އަދަދެއް ދެއްކުމުގެ ފުރުސަތު ލިބޭ މާއްދާއެކެވެ.

ތަފާތު އެކި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް، ދައުލަތާއި އެކު ކުންފުނިތަކުން އެއްބަސްވުން އެކުލަވާލުމަށް ފަހު މަސައްކަތް ކުރިޔަށް ނުގެންގޮސް އަހަރުތަކެއް ހޭދަ ކުރެ އެވެ. އަދި އެއްބަސްވުމުގައި ވާ މުއްދަތަށް މަސައްކަތް ނިންމާ ނުލެވުމުގެ ސަބަބުން އެ ބާތިލު ކުރުމުން އާއްމުކޮށް ޖެހިގެން އަންނަ ދައުރެއްގައި ނުވަތަ ހަމަ އެ ދައުރެއްގައި ވެސް ބަދަލު ހޯދަން ކޯޓަށް ހުށަހަޅަ އެވެ.

ބޮޑެތި އަދަދުތަކުން މިގޮތަށް ބަދަލު ހޯދަން ހުށަހަޅާ ކުންފުނިތަކަށް، ކޯޓުގެ ހުކުމްތަކާއި އެއްގޮތަށް ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ޖެހިފައި ހުރިކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: