ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްއަކީ ވެރިންގެ ވިޔަފާރި: ޝިފާ

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް އަކީ ވެރިންގެ ވިޔަފާރި ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ ވިދާޅުވީ ސަރުކާރުން ބެސްޓް ޕްރެކްޓިސް ކަމަށް ބުނުމުން އެކަމުގެ އުނދަގޫ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަމަށެވެ.

ސަރުކާރު މެމްބަރުންނޭ ކިޔައިގެން ތިއްބާ ޑިކްޓޭޓަރޝިޕަކަށް މިއަދުގެ ސަރުކާރު ބަދަލުވެފައިވާ ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާޙިމް ވަހީދު މަޖިލީހުގައި ދެއްކި ވާހައެއްގެ ވީޑިއޯ އެއް ހިއްސާ ކޮށް ޝިފާގެ ޓްވީޓްގައި ބުނެފައިވަނީ އެމްޑީޕީ އުފެދުނީ ގައުމު އިސްލާހު ކުރުމަށް ކަމަށާއި އަދި އިންސާފު ހޯދުމަށް ކަމަށެވެ. ޝިފާ އިތުރަށް ވިދާޅުވީ ޑްރަގަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. 

ޝިފާ ޓްވީޓް ކުރެއްވި ވީޑިއޯގައި މެމްބަރު ވަހީދު ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް މަޝްރޫއުތައް ހިންގަމުންދާ ކަމަށާއި އެކަމަކީ ހަމައެކަނި މެނިފެސްޓޯ ކަމުގައި ދެކި އެހެން އެއްވެސް ކަމެއް ނުކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަހީދު މަޖިލީހުގައި ވާހަކަ ދެއްކި ވީޑިއޯގައި ފެންނަ ގޮތުން ސަރުކާރު ޖަވާބްދާރީ ކުރެވޭނެ ނުވަތަ ޒިންމާދާރު ވެރިކަމެއް ހިންގޭނެ ނިޒާމެއް ގާއިމް ނުކުރެވޭ ކަމަށާއި، ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ބުނަމުންދާ ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: