ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނީލޯފަރު ހިނގުމުގައި ޕާކުކުރުން މަނާ ނުކުރެވުނީ ޕްލޭނިން މިނިސްޓްރީން އެއްބާރުލުން ނުދިނުމުން: ޝިފާ

މޭޔަރ ޝިފާ މުހަންމަދު - ޕޮޓޯ: ރާއްޖެއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނީލޯފަރު ހިނގުމަކީ ޕާކު ކުރުން މަނާ މަގެއްގެ ގޮތުގައި ހަމަޖެހިފައި ނުވަނީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގެ ސަބަބުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ދައުރު ހަމަވެފައިވާ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 2011 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުގެ ތިންވަނަ ދައުރުގެ ޖަލްސާއަށް ހުށަހެޅުނު ހަނި ގޯޅިތަކުގެ ތެރޭގައި ނީލޯފަރު ހިނގުން ހިމެނޭ ކަމަށާއި ކައުންސިލުން ނިންމީ އެ ގޯޅީގައި ހުރި ޕާކިން ޒޯންތަކުގެ ބަދަލުގައި އެހެން ޕާކިން ޒޯންތައް ހަމަޖެއްސުމަށްފަހު، އެ ގޯޅިއަކީ ދުއްވާ އެއްޗެހި ދުއްވުމާއި ޕާކު ކުރުން މަނާ ގޯޅިއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށެވެ. އަދި އޭގެ ފަހުން އެ މަގުގައި ވެހިކަލް ޕާކުނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފުންވެސް އެދުނު ކަމަށް ޝިފާ ވިދާޅުވިއެވެ.

“މިނިސްޓްރީ އޮފް ޑިފެންސްގެ އެދިވަޑައިގަތުމާއެކު، ނީލޯފަރު ހިނގުމުގައި ހުރި ޕާކިން ޒޯން ނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަން ފެށުނު. މިގޮތުން އެ ޕާކިން ޒޯން ނެގެން އޮތީ އެ ޕާކިން ޒޯނުގެ ބަދަލުގައި އެހެން ޕާކިން ޒޯނެއް އެ ސަރަހައްދުން ހަމަޖައްސައިގެން ކަމަށްވާތީ، އެ ސަރަހައްދުގައި އެންމެ ފަސޭހައިން ޕާކިން ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރިޖެހި ގެއިން ކަމަށް ފެނުނު ހިނދު، އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ގޯތި ދިނުމަށް އެދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި އެދެވުނު. އަދި ހަމަ މި ސިޓީ މާލެ މޭޔަރުގެ ފޯނުން ވަޓްސްއެޕް މެދުވެރިކޮށް މިނިސްޓަރު އަސްލަމަށް ފޮނުވާފައިވާނެ،” ބަޔާނުގައިވެއެވެ.

ޝިފާ ވިދާޅުވީ ނީލޯފަރު ހިނގުމަކީ ޕާކުނުކުރެވޭ މަގެއްކަމުގައި ހެދުމަށްޓަކައި އެކަން އަވަސްކުރުމުގެ ގޮތުން މިނިސްޓަރު އަސްލަމަށް އެކި ފަހަރުމަތިން ގުޅައި، ބިއްލޫރިޖެހިގެ ނުވަތަ ފޭދޫކޮށި ހަމަޖައްސައިދިނުމަށާއި އަދި ފޭދޫކޮށި ހުޅުވައިގެން ކުރެހުމަށްޓަކައި އެތަނުގެ ތަޅުދަނޑި ހަވާލުކޮށްދޭންވެސް ދަންނަވާފައިވާނެ ކަމަށެވެ.

ޝިފާ ވިދާޅުވީ އެ ދެތަން މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ރައީސް ނަޝީދުވެސް މިނިސްޓަރު އަސްލަމްގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. އަދި މި ދެ ބިން ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގައި އެދެން ޖެހުނީ އެ ދެބިމަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ދެ ބިމަށް ވާތީ ކަމަށްވެސް ވިދާޅުވިއެވެ.

“ވީމާ، ނީލޯފަރު ހިނގުން، ވެހިކަލް ޕާކުނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ، ޕާކިން ޖާގަ ހެދުމަށްޓަކައި ގ. ބިއްލޫރިޖެހިގެ ނުވަތަ ފޭދޫކޮށި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގައި އެ މިނިސްޓްރީން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައިނުވާތީ،” ޝިފާގެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: