ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާލިމެންޓަރީ އިންކުއަރީ އަށް ޝިފާ ހާޒިރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހާޒިރު ކޮށްފިއެވެ.

ޝިފާ މޭޔަރު ކަމުގައި ހުރިއިރު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ގޯޅީގައި، ސިފައިންގެ އެދުމަށް، ޕާކް ނުކުރެވޭ ގޮތް ހެދުމަށް ސިޓީ ކައުންސިލުން އޮތީ ހައުސިން މިނިސްޓްރީގައި އެދިފައެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީން އެކަން ކޮށްފައެއް ނުވެއެވެ. އަދި އެ ބޮމުގެ ހަމަލާއަށް ފަހު އެ ސިޓީ ކައުންސިލުން ފޮނުވި ސިޓީ ލީކްކޮށްލިއިރު، އެފަހުން އެ ގޯޅީގައި ޕާކް ނުކުރެވޭގޮތް ވަނީ ހަދާފައެވެ.

މަޖިލީހުގެ އިންކުއަރީއަށް 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް އިއްޔެ ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީން ސުވާލުކުރަން ބޭނުންވާ ކޮންމެ ފުލުހަކު ކޮމިޓީއަށް ހާޒިރުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: