ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޝަނަލް ޖޮބް ސެންޓަރ ގާއިމުކޮށްފި

ރައީސް ސާލިހު އަދި މިނިސްޓަރު ފައްޔާޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ދޭ ފަރާތްތައް ގުޅުވައިދިނުމުގެ މަގުސަދުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު “ނޭޝަނަލް ޖޮބް ސެންޓަރ” އުފައްދަވައިފިއެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު “ނޭޝަނަލް ޖޮބް ސެންޓަރ” ފެއްޓެވީ ގާނޫނުއަސާސީގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިހުތިޔާރުގެ ދަށުންނެވެ. އަދި އެ ނަމުގައި ހުޅުވިފައިވާ އިދާރާއަކީ، އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ރައީސް ސާލިހުވަނީ ކަނޑައަޅުއްވާފައެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން، މި އިދާރާ ގާއިމު ކުރެއްވީ، ވަޒީފާ ހޯދަން އެދޭ ފަރާތްތަކާއި ދޭ ފަރާތްތަކާއި ގުޅުވައިދިނުމުގެ މަގުސަދުގައެވެ. އަދި އެކި އުމުރުފުރާގެ މީހުންނަށްވެސް ކުރެވެން ހުރި މަސައްކަތްތައް އެނގިގެންދިއުމާއި ވަޒީފާ ހިޔާރު ކުރުމުގެ ތެރޭގައި ލަފާ ދިނުމުގެ މަގުސަދުވެސް ހިމެނިފައިވާއިރު، ކަމާއި ގުޅުން ހުރި ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުންވެސް ހިމެނެއެވެ.

ރައީސް ސާލިހު އުފެއްދެވި ޖޮބް ސެންޓަރުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތަކަކީ ވަޒީފާ ދޭ ފަރާތްތަކާއި ހޯދާ ފަރާތްތަކާއި ގުޅުވައިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާއީ ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަށް އަދާ ކުރެވިދާނެ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުތައް ފޯރުކޮށްދީ ހޯދުމުގައިވެސް އެހީތެރިވުމެވެ.

ރައީސް ސާލިހުވަނީ، އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އާއި ސެމީ ސްކިލްޑް މަސައްކަތްތައް ދަސްކޮށްދެވޭނެ އިންތިޒާމުތައް ހަމަ ޖެއްސުމުގެ ޒިންމާވެސް ޖޮބް ސެންޓަރަށް ދެއްވާފައެވެ. އަދި އެކި ދާއިރާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ މަސައްކަތްތައްވެސް ޖޮބް ސެންޓަރު މެދުވެރިކޮށް ކުރެއްވުމަށް އެމަނިކުފާނުވަނީ ކަނޑައަޅުއްވާފައެވެ.

ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ސެންޓަރު މެދުވެރިކޮށް އެނގިގެންދާނެ އިންތިޒާމުތައްވެސް ހަމަޖެއްސުމަށް ރައީސް ސާލިހު ދަންނަވާފައިވާއިރު، އެމަނިކުފާނުވަނީ ވަޒީފާތައް އިހުތިޔާރު ކުރުމުގައި އެހީތެރިންކަން ދިނުމަށާއި، އިރުޝާދުވެސް ދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ދަންނަވާފައެވެ.

ދިވެހިން، އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރުމަށް ބާރު އެޅުމަށާއި، މަސައްކަތަށް އަހުލުވެރިކުރުމަށްޓަކައި ޕުރޮގުރާމުތައް ރާވައި ހިންގުމުގެ މަސައްކަތްތައްްވެސް ރައީސް ސާލިހުވަނީ ޖޮބް ސެންޓަރުން ކުރުމަށް ކަނޑައަޅުއްވާފައެވެ. އަދި ވަޒީފާ އާއި ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި ވަޒީފާގެ ބާޒާރާއި ގުޅޭ ދިރާސާތައް ކުރުމުގެ އިތުރުން އެމްޕްލޮއިމެންޓު ސާވިސަސް ފުޅާ ކުރުމަށްވެސް އެމަނިކުފާނުވަނީ ޖޮބް ސެންޓަރާއި ހަވާލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: