ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި މަޝްރޫއުތައް ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ފާރަވެރިވާނެ ގާނޫނެއް ނެތުން: އާދަމް ޝަރީފް

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ފާރަވެރިވާނެ ގާނޫނެއް ނެތުންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓައިޒް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށައަޅުއްވާފައިވާ ގަރާރާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ސަރުކާރު މެންބަރެއްގެ ގޮތުގައި ހުންނަވާ މި މައްސަލަ މަޖިލީހަށް ހުށައަޅުއްވާނީ ސަރުކާރަށް އައްޑޫ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްނުގެންދެވޭކަމަށް ގަބޫލުކުރައްވާތީކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެންމެ ފައިދާކުރަނިވި ގޮތެއްގައި އައްޑޫ ތަރައްގީކުރެވޭނީ އައްޑޫގެ ރައްޔިތުންނަށް ބާރުވެރިކަން ލިބޭނެފަދައިން ތަރައްގީކޮށްގެންކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ފުރުސަތު ފަހިކޮށްދިނުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

އައްޑޫ ގަން އެއާޕޯޓަކީ ދިވެހި އެހެން ކުންފުންޏަކާއިއެކުވެގެން ސަރުކާރުން މިހާރުވެސް ރައީސް ޔާމީން ވެރިކަމުގައި ތަރައްގީކުރަމުން އައި އެއާޕޯޓެއް.

އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރައްޔިތުން ޝަމިލްވާ ކުންފުންޏަކަށް އައްޑޫ އެއާޕޯޓާއި އަދި ސީޕޯޓުވެސް ތަރައްގީކުރަންދިނުމަކީ އައްޑޫ ޕްރައިވެޓައިޒްކުރުމުގައި އޮންނަންޖެހޭ ހަމައެކަނި ޝަރުތުކަމަށެވެ. އައްޑޫ އަތޮޅަކީ ވަރަށް ވިސްނުންތެރި، ގާބިލް، ތަނަވަސް މީހުން އުޅޭ އަތޮޅެއްކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިފަދަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ގާބިލްކަން އައްޑޫގެ ރައްޔިތުންގެ ތެރޭގައި އޮންނާނެކަމަށެވެ. އަދި ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓައިޒް ކުރުމުގެ ބޭނުމަކީ އެތަން ބޭރުގެ ބަޔަކަށް ވިއްކުންކަމުގައިވަނީނަމަ އެކަމާއި ދެކޮޅުކަމަށެވެ. ނަމަވެސް ދިވެހި ކުންޏަކާއި އެތަން ހަވާލުކުރުމަށް އެއްބަސްކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

މިކަމުގައި ސަރުކާރުގެ އިހުލާސްތެރިކަން އޮވެއްޖެނަމަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓައިޒް ކުރުމަށް ތާއީދުކުރާނަންކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އައްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުން ދޭހަވެގެންދަނީ އެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތްކަންކަމަށެވެ.

އާދަމް ޗަރީފް ވިދާޅުވީ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއުތަކުގެ ވާހަކަދައްކާއިރު، ގައުމީ ތަރައްގީގެ ޕްލޭންތައް ރަނގަޅަށް ކުރިއަށްގެންދިއުމަށްޓަކައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރަން ސަރުކާރުން ފަށާފައިނުވާކަމަށެވެ. އަދި ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ފާރަވެރިވާނެ ގާނޫނެއް ނެތުންކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: