ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗް އިން ރޯދަމަހުގެ ގަޑިތަތައް އިއުލާނުކޮށްފި

އައިޖީއެމް ހޮސްޕިޓަލް...
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ހަތް ދުވަހު އައިޖީއެމްއެޗްގެ އެކި ހިދުމަތްތައް ދިނުމަށް ކަނޑައެޅިފައިވާ ގަޑިތައް އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗްއިން ބުނެފައިވާގޮތުން، ރަމްޟާން މަހުގެ ތެރޭގައިވެސް އެ ހޮސްޕިޓަލުގެ އެމަޖެންސީ ފަރުވާގެ ހިދުމަތްތައް ލިބެން ހުންނާނެއެވެ. އެހެންނަމަވެސް ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަން ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނުގެ 9:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށްކަމަށް ބުނެފައިވެއެވެ.

އެ ހޮސްޕިޓަލް އިން ބުނެފައިވާގޮތުން، ލެބޯޓްރީއިން ދެމުންދާ ޓެސްޓުތައް ހެއްދުމުގެ ހިދުމަތްތައް ލިބިގަނެވޭނީ 8:00 އިން ފެށިގެން ހަވީރު 17:00 އަށެވެ. އަދި ދެ ގަޑީރު ފަހުން ހަދާ ޓެސްޓުތައް ރޭގަނޑު 20:00 އިން 22:00 އަށް ދިނުމަށް ހެދޭނެކަމަށްވެސް ބުނެފައިވެއެވެ.

ރޭޑިއޯލިޖީ ޑިޕާޓްމެންޓު މެދުވެރިކޮށް އަލްޓްރާ ސައުންޑު އަދި ސީޓީ ސްކޭން ހެދޭނީ ހެނދުނުގެ 9:00 އިން ހަވީރު 15:00 އަށްކަމަށް އެ ހޮސްޕިޓަލްއިން ބުނެފައިވެއެވެ. އަދި އެކްސްރޭ އަދި އެމްއާރްއައި ހެއްދުމުގެ ހިދުމަތްތައް ހެނދުނުގެ 8:00 ގައި ދޭން ފެށިފައިވާއިރު، ރޭގަނޑު 21:00 ގެ ނިޔަލަށް އެމްއާރްއައިގެ ހިދުމަތް އަދި ހަވީރު 15:00 ގެ ނިޔަލަށް އެކްސްރޭ ހިދުމަތްތައް ލިބޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އީސީޖީ ހިދުމަތްތައް ލިބޭނެ ގަޑިއެއްވެސް އިއުލާނުކޮށްފައިވެއެވެ. އެގޮތުން އީސީޖީ ހެއްދޭނީ ހެނދުނު 8:30 އިން ފެށިގެން 14:30 އަށް ކަމަށްވާ އިރު، ހެނދުނު 8:00 އިން ފެށިގެން 14:30 ގެ ނިޔަލަށް ޕިސިއޯތެރަޕީ ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްވެސް ލިބޭނެކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: