ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒް ރައީސް ނަޝީދަށް: ބާކީވެ ވަޑައިގަންނަވަން ބޭނުންފުޅުނުވާނަމަ އެކުގައި މަސައްކަތް ކުރައްވަން ވަޑައިގަންނަވާ

ރައީސް ސޯލިހު، ރައީސްނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އެކު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އެހެން ކަމުން ބާކީވެ ވަޑައިގަންނަވަން ބޭނުންފުޅުނުވާނަމަ އެކުގައި މަސައްކަތް ކުރުމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.

އިކޮނަމިކް މިނިސްޓަރުގެ މަގާމްވެސް ފުރައްވަމުން ގެންދަވާ ފައްޔާޒް މިފަދައިން ރައީސް ނަޝީދަށް ގޮވާލެއްވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

ފައްޔާޒް ވިދާޅުވީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރައީސް ރައީސް ނަޝީދުގެ ތާއިދު ނުލިބުނު ނަމަވެސް ރައީސް ސާލިޙަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރަން ބޭނުން ވަނީ ރައީސް ނަޝީދާއި އެކުގައި ކަމަށާއި އަދި ރައީސް ނަޝީދުގެ ތާއިދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުން ވަނީ ރައީސް ނަޝީދުގެ އިތުރުން  އެމަނިކުފާނާއެކު ތިއްބެވި އެހެން ހުރިހައި މެމްބަރުންނާ ވެސް އެކުގައި ކަމަށާއި އެހެން ކަމުން އެންމެން އެކުގައި މަސައްކަތް ކޮށްގެން އިންތިހާބު ކާމިޔާބު ކުރުމަށް ފާއްޔާޒް ގޮވާލެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާނެކަން އިއުލާނުކޮށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާ ކުރުމުން ރައީސް ސޯލިހަށް ލިބުނު ގިނަ ވޯޓު އުނިވާނެ ކަމަށެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ބަލައި، ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ހުށަހެޅުއްވީ، ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ޕާޓީން ވަކި ކުރި 39،000 މެމްބަރުން އަލުން ޕާޓީ އާއި ގުޅުމަށް ފަހު ދެން ކެނޑިޑޭޓާއި މެދު ގޮތެއް ކަނޑައެޅުމަށެވެ. އަދި ”ފިކުރެއްގެ ދިރުން“ ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ އޭގެ ފަހުންކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: