ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބަންޑައިއޮކްސައިޑް ހުސްވާތީ، އައިޖީއެމްއެޗްގެ ސާޖަރީތައް ހުއްޓުމަކަށް އަތުވެއްޖެ!

އައިޖީއެމްއެޗް
ޝެއާރކޮށްލާ ކަހަލަދޯ؟

ސާޖަރީތައް ކުރާއިރު ބޭނުންކުރާ ކާބަންޑައި އޮކްސައިޑް ހުސްވާތީ އައިޖީއެމް ހޮސްޕިޓަލްގެ ބައެއް ސާޖަރީތައް ހުއްޓިއްޖެއެވެ.

ކާބަންޑައިއޮކްސައިޑްގެ ސްޓޮކް މަދުވަމުންދާތީ، ރޫޓިންގ ލެފަރޮސްކޮޕް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ކުރާ ސާޖަރީތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިވަގުތަށް ހުރި ކާބަންޑައިއޮކްސައިޑް ބޭނުން ކުރަނީ ކުއްލި ހާލަތުގައި ހަދާ ލެޕަރޮސްކޮޕް ސާޖަރީތަކަށް އެކަނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް އެހެން ހުރިހާ ސާޖަރީތައް ހެދެއެވެ.

ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ ސާޖަރީތަކުގެ ތެރޭގައި އެޕެންޑިކްސް އާއި ގޯލް ބްލެޑަރގެ އިތުރުން ކުދި ކުދި ޓިއުމަރުތައް ނެގުން ހިމެނެއެވެ. އެގޮތުން އެފަދަ އޮޕަރޭޝަންތައް ކުރާއިރު ކާބަންޑައިއޮކްސައިޑް ހަށިގަނޑަށް ފޮނުވަނީ ރިސްކު ކުޑަކުރުމަކަށެވެ.

އައިޖީއެމްއެޗުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް ޖުމްލަ ގޮތެއްގައި ސަރުކާރުގެ ހޮސްޕިޓަލްގެ ހިދުމަތް އެންމެ އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށް އާއްމު  ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: