ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ – ޗައިނާ ދެމެދު މުހިންމު އެއްބަސްވުންތަކެއް: ބްރިޖް މަރާމާތުކޮށް ބެލެހެއްޓުން ހިމެނޭ

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގެ ހަތަރު ރަށެއްގައި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ޗައިނާއާއި ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ޗައިނާ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެވެ. އެބަސްވުމުގެ ދަށުން އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތަކަކީ ހަތަރު ހޮސްޕިޓަލުގެ ވެސް ފީސިބިލިޓީ ހަދައި އިމާރާތް ކުރުމެވެ.

މިއާއިއެކު ކުންފުންޏާއި ބައެއް އިގްތިސާދީ މަޝްރޫއުތަކެއް ހަވާލު ކުރިއިރު އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ އެހީގެ ދަށުން އިމާރާތް ކުރި ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމުގެ އެއްބަސްވުމާއި މާލެ ހުޅުމާލެ ދެމެދު އަޅާފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަރާމާތުގެ މަސައްކަތެވެ.

އެއްބަސްވުންތަކުގައި ޗައިނާގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ސިޑްކާގެ ވައިސް ޗެއާމަން ޑެންގް ބޮކިންގ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ”މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އޮފް ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްލޭން (2023-2025)“ ހިމެނެ އެވެ. މީގެ ދަށުން ސިއްހީ ފަރުވާ އާއި، މޫސުމަށް އަންނަ ބަދަލުތައް އަދި އިންފްރާސްޓްރަކްޗަރ އާއި ދަނޑުވެރިކަން، ކާރިސާތައް ހުއްޓުވުމާއި މަދުކުރުން ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުން ހިމެނެ އެވެ. އަދި އިގްތިސާދީ އާއި އިޖުތިމާއީ ތަރައްގީ ކުރިއެރުވުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމުގެ މައްޗަށެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.

ރާއްޖޭގައި ހުންނަ ހޮސްޕިޓަލްތަކާއި ބެހޭ ފީސިބިލިޓީ ސްޓަޑީއާއި ބެހޭ ލެޓާސް އޮފް އެކްސްޗޭންޖްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް އަހުމަދު އާދިލް އެވެ.

މީގެއިތުރުން ”މޯލްޑިވްސް ނޭޝަނަލް މިއުޒިއަމް މަރާމާތުކުރުމާބެހޭ ލެޓާސް އޮފް އެކްސްޗޭންޖް“ ގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް އަހުމަދު ތޯރިގެވެ.

ބްރިޖުގެ މަރާމާތުގެ މަސައްކަތަށް ހާއްސަ ކުރި”ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބެލެހެއްޓުމާބެހޭ ލެޓަރސް އޮފް އެކްސްޗޭންޖް“ ގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީނެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއާއި ޗައިނާ ދެމެދު އޮތް ޒަމާން ވީ ގާތް ގުޅުން ފާހަގަކޮށް އެ ގައުމުން ވެދޭ އެހީތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް ޗައިނާ ސަރުކާރުން ވެދޭ އެހީތައް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: