ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ނަޒަރުގައި ބަޖެޓުން ބޭރުން ހަރަދު ކުރުމަށް ފަހު އޮތް ހައްލަކީ ފައިސާ ޗާޕް ކުރުން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުން ބޭރުން ސަރުކާރުން ކުރި ހަރަދުތަކަށް ފަހު ވެސް ފައިސާ ޗާޕު ކުރުން ނޫން ވިސްނުމެއް ސަރުކާރުގެ ނެތްކަމަށާއި، ރާއްޖޭގެ ޖުމްލަ ދަރަނި މި އަހަރު ނިމޭ އިރު 135 ބިލިއަނަށްވުރެ މަތިވާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އާމްދަނީ ކޮވިޑު-19 ގެ ކުރިން ލިބުނު އަދަދާއި އެއްވަރުވެފައިވާ ކަމަށެވެ. އަދި  ސަރުކާރުން ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅުވެފައިވާކަމަށާއި، ލިބިފައި ވަނީ ރެކޯޑު އަދަދެއްގެ އާމްދަނީއެއްކަމަށް ބުނާއިރު ބަޖެޓުގެ ދަރަނި 16 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޓެކްސްއަށް ބަދަލު ގެނައުމުން، ނަތީޖާއެއްގެ ގޮތުން މުދަލުގެ އަގަށް ކުރާ އަސަރާއި އެކު ހަރަދު ފޫބެއްދުމަށް ފައިސާ ޗާޕް ކުރުމަކީ އޮތް ހަމައެކަނި ހައްލުކަމަށް ސަރުކާރުން ދެކުމަކީ ގޯހެއްކަމަށް ޝިޔާމް ވިދާޅުވި އެވެ. އެގޮތުން ޝިޔާމް ފާހަގަކުރެއްވީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބައެއް އަހަރުރުތައް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ސަސްޕެންޑުކޮށްފައިވުމެވެ.

ޝިޔާމް ވިދާޅުވީ އަހަރު މެދަށްދާއިރު، މަސްވެރިންނަށް ތެޔޮ ލިބުމުގައި އެތައް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި ރައްޔިތުން ތިބީ ގެއަށް ބޭނުންވާ ކާޑު ނުގަނެވި، ބޭސްފަރުވާ ފުރިހަމަ ނުކުރެވިކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އަހަރު ނިމޭއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުންނާނެކަމަށް ބެލެވެނީ 135 ބިލިއަން ރުފިޔާގަ އެވެ. އަދި 2023 ގެ ބަޖެޓުގައި ތަފްސީލު ބަޔާންނުކޮށް ހުރި އެތައް ކޯޑެއްގައި، ހުރި އެތައް ބިލިއަން ރުފިޔާގެ ބަޖެޓުން ނުކުރާ ކަންކަމަށް ބޭނުންކޮށް ހުސްކޮށްފައިވާކަމުގެ ތުހުމަތު ކުރެއްވި އެވެ.

މިއީ ސަރުކާރުގެ ނަގާބިލުކަން ދައްކުވައިދޭ ސަބަބެއްކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމާއި ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާ ހުރި ގޮތަކީ، މި ސަރުކާރު ނިމުމަކަށް ގެނައުން ކަމަށެވެ.

ބަޖެޓު ދަރަންޏާއި ގުޅޭގޮތުން ޝިޔާމް ފާހަގަކުރެއްވި މައްސަލައަކީ، މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން ސަރުކާރުން މުޅި އަހަރަށް ކަނޑައެޅި އާސަންދަ އަދި ސަބްސިޑީ ބަޖެޓުގެ ބޮޑު ބައެއް ހުސްވެފައިވުމެވެ. ކޮންމެ ހަފްތާއަކު ވެސް ފިނޭންސް މިނިސްޓްރީން އާއްމު ކުރާ ތަފާސްހިސާބުތަކުގައި ވާގޮތުން، މި ހިނގާ އޭޕްރިލް މަހުގެ 13 ވަނަ ދުވަހާއި ހަމައަށް އާސަންދައަށް ކުރި ހޭދަ ވަނީ 783.1 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

2023 ގައި އާސަންދައަށް ހޭދަވާނެކަމަށް ލަފާކޮށް، ބަޖެޓުގައި ހިމަނާފައި ވަނީ 1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، ތަފާސްހިސާބުތަކުގައި މިހާރު ހުރި އަދަދުތަކާއި އަޅާކިއުމުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަސްތެރޭގައި އާސަންދައިގެ ބަޖެޓުގެ 70 ވުރެ ބޮޑު އިންސައްތައެއް ވަނީ ހުސްވެފަ އެވެ.

މީގެއިތުރުން ސަބްސިޑީ ދިނުމަށްޓަކައި ބަޖެޓުގައި ކަނޑައެޅި 2.2 ބިލިއަން ރުފިޔާގެ ތެރެއިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އޭޕްރިލް 13 ގައި ނިޔަލަށް ހަރަދު ކުރިކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ ބަޖެޓުގައި ކަނޑައެޅި އަދަދުގެ 50 އިންސައްތައިގެ ހޭދައެކެވެ.

މިގޮތަށް މައްސަލަ ދިމާވި އެންމެ ބޮޑު ސަބަބަކީ، އަންދާޒާ ކުރި މިންވަރަށް ވުރެ އެތައް ގުނައެއް ހަރަދު އިތުރުވުމެވެ. އަދި ފަހުން ނިންމި ގޮތަށް ހަރަދުތައް ކުޑަ ކުރެވިފައި ނުވުމަކީ ވެސް މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: