ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިނުގައި ”އޯވަކޮންފިޑެންޓް“ ވެވުނުކަން ގަބޫލުކޮށް އިމްރާން ވިދާޅުވީ ސީރިއަސް ވާންވީކަން އެނގިއްޖެކަމަށް!

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓީޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނުގެ ތެރޭގައި، އެމްޑީޕީއާއި ގުޅިފައިވާ އެހެން ޕާޓީތައް ތިބީ “އޯވަ ކޮންފިޑެންސް” އާއި އެކުކަމަށާއި އެކަން ގަބޫލުކޮށް ދެން މަސައްކަތް ކުރިޔަށް ދާނީ ހިސާބުތައް ޖަހައިގެންކަމަށް އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެއްބުރުން އިންތިހާބު ކާމިޔާބުކޮށް، 56 އިންސައްތަ ވޯޓު ލިބޭނެކަމަށް ތަކުރާރުކޮށް ބުނަމުން ދަނިކޮށް ވަގުތީ ނަތީޖާތައް ދައްކާގޮތުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،164 ވޯޓެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި 101،058 ވޯޓާއި އެކު އިންތިހާބުގައި 45 އިންސައްތަ ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަނާއި އެކު ނިކުމެ ލިބުނު ނަތީޖާއަށް ރައީސް ސޯލިހު ވިދާޅުވީ ގޯސްތަކެއް ހެދުނުކަން ގަބޫލު ކުރާކަމަށާއި، އެކަންކަން ބަލައި ދެނެގަނެ ދެވަނަ ބުރު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އިތުރު އެހެން ބައެއް ޕާޓީތަކާއި އެކު ދެވަނަ ބުރުގެ މަޝްވަރާއަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، ޑިމޮކްރެޓްސް ފިޔަވައި ރިޔާސީ އިންތިހާބުގައި ވާދަ ކުރި އެހެން ޕާޓީތައް ލިބިފައި ވަނީ ވަރަށް ދަށް ނަތީޖާއެކެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް 38 އިންސައްތަ ވޯޓާއި އެކު، އެމަނިކުފާނާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އޮތީ މާޔޫސްކަން މަތީކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް އިމްރާން ވިދާޅުވީ ޓީމުތައް އޮތީ ބަދަހިކަމާއި ގަދަކޮށް ކުރިޔަށް ގޮސް ދެވަނަ ބުރު ކާމިޔާބު ކުރުމުގެ ވަރުގަދަ އަޒުމާއި އެކު ކަމަށެވެ.

އިމްރާން ވިދާޅުވީ ވޯޓާއި ދެމެދު ބާކީ މިއޮތް 16 ދުވަހުގެ ތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ގިނަކަމަށާއި، އެގޮތުން މިހާރު މަސައްކަތް ފަށާފައިވާ ސްޕީޑާއި އެކު ދެން އިތުރު ބަޔަކަށް ކުރިނެރޭނެ ކަމަށެވެ. އަދި ރައީސް ސޯލިހާއި އެކު އަދާލަތު ޕާޓީއާއި، އެމްޑީއޭ ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށް އިމްރާން ތަކުރާރުކޮށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމުގެ އިތުރު ދައުރެއް ބޭނުންވާ ސަބަބެއްކަމަށް އިމްރާން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސް މީހުން އަދި ހައްގު ބަސް ބުނާ އާންމުން ޖަލަށް ދާން ޖެހިދާނެތީ އެކަމަށް ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

އެކަން އެންމެނަށް ވެސް އެނގޭ.. ތިބޭފުޅުން ބައްލަވާ.. މިއަދު ވެސް އެކިއެކި ބޭފުޅުން.. ވަކިވަކި ސްޕީޗުތަކުން އެކައްޗަކަށް ކީފައި އޮންނާނީ އޭނަ ޖަލަށްލާނަން.. މީނަ ޖަލަށްލާނަން.. އޭނަ ބަންދު ކުރާނަން.. މީނަ ބަންދު ކުރާނަން..

އިންތިހާބުގެ ނަތީޖާއަށް ފަހު އެންމެ ބޮޑަށް ދެކެވުނީ ހެދުނު ގޯސްތަކަކީ ކޮބައިތޯ އެވެ. އެ ކަންކަން ދެނެގަނެ މަސައްކަތްތައް ފަށައިގަނެފައިވާކަމަށް ރޭގެ ޖަލްސާގައި ރައީސް ސޯލިހު ވެސް ވިދާޅުވި އެވެ.

މިހާރު ވެސް ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީގެ ލީޑަރު އިމްރާން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ޓީމުތައް ތިބީ މާ ބޮޑަށް އުންމީދުތައް މަތިކޮށްގެން ކަމަށެވެ. އެހެންވެ އެކަންކަމުން ފިލާވަޅު ލިބި އަދާލަތާއި، އެމްޑީއޭ ރައީސް ސޯލިހާއި އެކު ކުރިޔަށް ދާނީ އެކަން ގަބޫލުކޮށްގެންކަމަށް އިމްރާން ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ބޭފުޅުން ކެމްޕެއިނުގެ ދުވަސްވަރުގައި ތަންކޮޅެއް ހަމަ ހަގީގަތުގައި ވެސް… ކުޑަތަންކޮޅެއް އޯވަކޮންފިޑެންޓްވީ.. ކުޑަކޮށް އޯވަކޮންފިޑެންޓްވި.. މިއަދު އަޅުގަނޑުމެން އެންމެނަށް އެނގިއްޖެ… އެމްޑީޕީ ހުރިހާ ބޭފުޅުންނަށް އެނގިއްޖެ ސީރިއަސް ވެލަން ޖެހިއްޖެކަން.. އަދަލަތު އެންމެނަށް އެނގިއްޖެ ސީރިއަސް ވެލަން ވެއްޖެކަން.. އެމްޑީއޭއަށް އެނގިއްޖެ ސީރިއަސްވެލަން ވެއްޖެކަން

މީގެއިތުރުން އިމްރާން ވިދާޅުވީ ރައީސް ސޯލިހު މިހާރު މަސައްކަތް ފައްޓަވާފައި ވަނީ ކޮވިޑުގެ ދުވަސްވަރުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ކާޑުގެ ބާވަތްތަކާއި، ބޭސް ހުރީ ކިހާ މިންވަރަކަށް ތޯ ބެލުމަށް ވަކިވަކިން ކުރެއްވި މަސައްކަތާއި އެއްގޮތަށް ކަމަށެވެ.

ރޭގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހު ނިކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ރައީސް ސޯލިހު ވިދާޅުވީ ކުރެވުނު ބުރަ މަސައްކަތަށް ފަހު ނިކުތީ އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށެވެ. އެހެންވެ ޓީމުތަކާއި އެކު އައު މަސައްކަތެއް ފަށައި އެ ހެދުނު ގޯސްތަކަކީ ކޮބައިކަން ބަލައި ދެނެގަނެވިފައި ވާތީ އުނދަގޫ މަސައްކަތެއް ކުރަން އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ އަކީ ރޭވުންތެރިކަމާއެކު ކެމްޕޭން ކުރާ ޕާޓީއެއް ކަމަށާއި ފުރަތަމަ ބުރުގައި އަތުން ކައްސާލައިގެންދިޔަ ކަންކަން ބަދަލުކުރެވިއްޖެ ނަމަ ނަތީޖާ އަނބުރާލުމަކީ ދަތި ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކެމްޕޭނުގެ ކަންކަން ފަސޭހަކުރުމަށްޓަކާ ބައެއް ކަންކަމަށް ބަދަލުތައް ގެނެސްފައިވާ ކަމަށާއި މަސައްކަތްތައް މިރެއިން ފެށިގެން ބާރަށް ކުރިއަށް ގެންދަން ރައީސް އެދިވަޑައިގެންނެވި އެވެ.

ޗާނދަނީ މަގުގައި ހުންނަ ހަރުގޭގައި އެމްޑީޕީން “އާ ޖޯޝަކާއި އެކީ ކުރިޔަށް” ނަމުގައި ޖަލްސާއެއް ބާއްވާފައި ވަނީ ރައީސް ސޯލިހާއި އެކު ޕާޓީގެ ލީޑާޝިޕް އަދި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: