ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ފިކުރަށް ވުރެ ގައުމުގެ މުސްތަގުބަލް މާ މުހިންމު: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ފިކުރަކަށް ވުރެ އަބަދުވެސް މުހިންމުވާނީ ގައުމުގެ  މިނިވަންކަމާއި މުސްތަގުބަލުކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސެއްގެ ގޮތުގައި ޑރ. މުއިއްޒު އާންމުންނާއި ބައްދަލުކޮށް، ޝުކުރު އަދާކުރުމުގެ ފުރަތަމަ ބައްދަލުވުމުގައި މުއިއްޒު ފާހަގަކުރެއްވީ ރައްޔިޔުންގެ ތާއީދާއި، ދެއްވި އެއްބާރުލުމެވެ. މިއީ ބުރަ ބޮޑު މަސައްކަތަކަށްވާއިރު، ގައުމުގެ މުސްތަގުބަލާއި، ގައުމު ކުރިއަރުވާ ދަރީންގެ ހައްގުގައި ކުރި މިންނެތް މަސައްކަތަށް ކާމިޔާބު ލިބުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ވޯޓަކީ ވާދަވެެރި އިންތިހާބަކަށްވާއިރު، ހިޔާލު ތަފާތުވެ ވޯޓު ނުދެއްވާ އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އޭގެ  ސަބަބެއްކަމަށް މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ސިޔާސީ ފިކުރަކާއި، ސިޔާސީ ޕާޓީއަކަށް ވުރެ މުހިންމު ވާތީ އެވެ.

ސިޔާސީ ފިކުރަކަށް ވުރެ އަޅުގަނޑުމެންގެ މުސްތަގުބަލާއި، މިނިވަންކަން މާ މުހިންމު

މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ ގައުމުގެ ހަމަޖެހުން ކަމަށެވެ. ހާއްސަކޮށް އަދުލުވެރިކަމާއި އެކު، މަސައްކަތްކޮށް ބަދަލު ހިފުމުގެ ރޫހު ދޫކޮށްލަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ މުއިއްޒު މިރޭ ދިން ޔަގީންކަމަކީ، ހެޔޮ ވެރިކަމެއްގެ ސިފަ ގެނެސް ގައުމުގައި ހަމަޖެހުމާއި އިސްލާމް ދީން ހިމާޔަތްކޮށް ދިވެހި ބަސް ހިމާޔަތް ކުރާނޭ ކަމެވެ.

ގައުމު ދެކެ ލޯބިވުމަކީ އެއީ ކޮންމެ މީހެެއްގެ ގައިގައި އަށަގަންނަން ޖެހޭ ސިފައެއްކަމަށާއި، ދިވެހި ގައުމު މިއަދާއި ހަމައަށް ގެނެސްދީ ތާރީހުން ހެކިދޭ މަަތިވެރި ޖިހާދު މަތީން ހަނދާން އައުކޮށް އެކަންކަން ގަބޫލު ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަރުހަބާ ކިއުމަށް އެކި ގައުމުތަކުން ދައުވަތު ދެމުންދާއިރު މުއިއްޒު ވިދާޅުވީ ބޭނުން ވަނީ ދިވެހި ގައުމަށް އިހުތިރާމް ކުރާ ބައެއް ކަމަށެވެ.

އަޅުގަނޑުމެން ބޭނުން ވަނީ ޕްރޯ ދިވެހިރާއްޖެ

މިރޭ ވެސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމަށް ފުރުސަތު ނެތް ކަމަށެވެ. ހަމަތަކުގެ ތެރެއިން ރާއްޖެ ދޫކޮށް ދިއުން ނޫން އިތުރު އެއްވެސް ގޮތެއް ބޭރު ސިފައިން ނޯންނާނެކަމަށާއި، ގައުމު އޮންނަން ޖެހޭނީ ދިވެހިވަންތަ މިނިވަން ގައުމެއްގެ ގޮތުގައިކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް ދެކެވުނު ވާހަކައިގައި ވެސް ޒިންމާދާރު އިދިކޮޅުގެ ގޮތުގައި ދެމިތިބުމަށް އެދިފައިވާނެ ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ރިޔާސީ ނިޒާމެއްގެ ތެރެއިން ނިކުމެ ރައްޔިތުން ބަސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ކައިރިކައިރީގައި ބަސް ބުނަން ޖެހޭ ފަދަ ނިޒާމެއް ރައްޔިތުން ބޭނުން ނުވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: