ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި ހަމަހަމަކޮށް އޮތް ހަމައެކަނި ޓީވީއަކީ ސަންގު: އީޔޫ

ސަންގުޓީވީގެ ބައެއް މުވައްޒަފުން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބު އެންމެ އިންސާފުވެރިކޮށް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދީ ކަވަރޭޖު ޖެނެސްދިން ހަމައެކަނި މީޑިއާއަކީ “ސަންގު ޓީވީ” ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިންތިހާބު ރިޕޯޓުގައި ބުނެފި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ހުރިހާކަމެއް އެންމެ ހަމަހަމަކަމާއި އެކު ގެނެސްދޭ ސަންގު ޓީވީން، ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ވަނީ ހަމަހަމަ ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ޖަލްސާތައް ގެނައުމާއި، ކަވަރު ކުރުމުގެ އިތުރުން ޕްރޮގްރާމުތަކުގައި ޕާޓީތަކަށް ވަނީ ހުރިހާ ވަގުތަކު ވެސް ފުރުސަތު ދީފަ އެވެ.

ރިޔާސީ އިންތިހާބުގެ ކަންކަން ކުރިޔަށް ދިޔަ ގޮތުގެ އީޔޫގެ ރިޕޯޓުގައި ވަނީ ކެންޑިޑޭޓުންނާއި ގުޅުން ހުރި މުހިންމު މައުލޫމާތުތައް ގެނައުމަށް ސަންގުޓީވީން މަސައްކަތް ކުރިއިރު އެހެން މީޑިއާތަކުން ފެނުނީ އެ މަންޒަރެއް ނޫން ކަމަށެވެ. ސަންގު ޓީވީންން އާސްކް މުއިއްޒުގެ ނަމުގައި ގެނައި ކަވަރޭޖެއްގެ ދަށުން އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސުވާލު ކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިންކަމަށް ރިޕޯޓުގައި ވެއެވެ.

މި ރިޕޯޓުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެންޑިޑޭޓުންގެ ހުރިހާ ހަބަރެއް ފުރިހަމަކޮށް ގެނެސްދީ، އެޑިޓޯރިއަލްގެ ދަށުން ހަމަހަމަ ފުރުސަތު ދިން ހަމައެކަނި މީޑިއާއަކީ ސަންގު ކަމަށެވެ.

ސަންގު ޓީވީ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުގެ މެދުގައި ވެސް ފާހަގަކުރެވިފައި ވަނީ ހުރިހާ ކޮންޓެންޓެއް ގެނެސްދޭ ޗެނަލެއްގެ ގޮތުގަ އެވެ. އަދި އެއްވަގުތެއްގައި ޖަލްސާތައް އައުމުން، އެ މަންޒަރުތައް ވެސް ބެލުންތެރިންނަށް ސަންގު ޓީވީން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަގުތުން ގެނެސްދީފައި ވާނެ އެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސަންގުޓީވީއަށް މަރުހަބާ ތިހާފުރިހަމަކަމާ އިންސާފުވެރިކަމާއެކު ތިޔާސީ އިންތިހާބުގެ ކަވަރޭގުތައް ގެނަސްދިނީތީވެ އދިވެސް އެއްފަހަތު މަރުހަބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: